ads
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރާބިތާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލުކުރައްވަނީ -- ފޮޓޯ: މިނިސްޓްރީ
ރާބިތާގެ އޮފީސް ރާއްޖޭގައި އަލުން ގާއިމު ކުރުން މަޝްވަރާކޮށްފި
ރާއްޖޭގައި ކުރިން ހުންނަ ރާބިތަތުލް އާލަމިލް އިސްލާމީއްޔާގެ އޮފީސް އަލުން ގާއިމުރުމަށް މަޝްވަރާ ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މި ބައްދަލުވުމުގައި މިނިސްޓަރު ޝަހީމް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްލާމީ ތަސައްވުރު ރާބިތަތުލްއާލަމިލްއިސްލާމީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްއާ ހިއްސާކުރައްވާފައިވާ ކަމަށެވެ.

މީގެއިތުރުން ރާބިތާއާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކޮށް، އިސްލާމިކް މިނިސްޓްރީއާއި ރާބިތާއާ ދެމެދު 2012-2015 އަށް ސޮއިކޮށްފައިވާ ތިން އެއްބަސްވުމަށް އަމަލުކުރަން ފަށައި، ރާއްޖޭގައި ރާބިތާގެ އޮފީސް އަލުން އިއާދަކޮށް، ރާއްޖޭގެ އިސްލާމީ ފަތުވާ ކައުންސިލް ތަރައްގީކުރުމުގައި ރާބިޠާގެ އިސްލާމީ ފިޤުހު އެކަޑަމީގެ އެހީތެރިކަން ހޯދުމާމެދު ވެސް މަޝްވަރާކުރެއްވި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި މި ބައްދަލުވުމުގައި ޑރ. ޝަހީމް ވަނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ އިސްލާމީ ތަސައްވުރު ހިއްސާކުރައްވާފަ އެވެ. 

އަދި ރާބިތާއާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގިނަ މަޝްވަރާތަކެއް ކުރެއްވި އެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އާއި ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް