ads
ހުކުރު ދުވަހު ވިއްސާރައިގައި ގެއްލުންވި މާލޭގެ ގެތަކަށް 7 ލައްކަ ރުފިޔާ ދެނީ
މިދިޔަ ހުކުރު ދުވަހު މާލޭއަށް ކުރި ވިއްސާރައިގައި ގެއްލުންވި ގެތަކަށް 7 ލައްކަ ރުފިޔާ ދޭން ނިންމާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.

އެންޑީއެމްއޭއިން ބުނީ ހުކުރު ދުވަހުގެ ވިއްްސާރައާއި ގުޅިގެން  އެ އޮތޯރިޓީ އާއި ފުލުހުންނާއި ސިފައިންގެ އިތުރުން ރެޑް ކްރެސެންޓަށް 494 ފޯން ކޯލް ލިބުނުކަމަށެވެ. 

ފެންވަދެގެން 227 ތަނަކަށް އެކިވަރުގެ ގެއްލުން ލިބުނު އިރު އޭގެ ތެރެއިން 193 ތަނަކަށް އިޖާބަދީފަވެއެވެ.

ފެން ވަނުން ކޮންޓްރޯލް ކުރަން 152 ތަނެއްގައި 1018 ބަސްތާ ޖަހާފައިވެއެވެ.

އޭގެ އިތުރުން 18 ގޭބީސީއެއްގެ 110 މީހުން ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިން ހަމަޖައްސާފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

ހާދިސާއާއި ގުޅިގެން 78 ތަނެއްގެ ޑެމޭޖު އެސެސްމެންޓް ހަދަން ނިންމާފައިވާއިރު، 53 ތަނެއްގެ އެސެސްމެންޓް ވަނީ ނިމިފައެވެ.

އޭގެ ތެރެއިން 48 ގެއަކަށް އޮންނަ އުސޫލުގެ ތެރެއިން އެހީވާން ނިންްމާފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެގޮތުން އެ ގެތަކުގެ ސްޓްރަކްޗާތަކާއި ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތަކަށް 711،842،52 ދޭން ނިންމާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް