ads
ތައިވާންގެ މިހާރުގެ ނައިބު ރައީސް ލައި، އާ ރައީސް ކަމަށް
ތައިވާންގެ މިހާރުގެ ނައިބު ރައީސް އާ ރައީސް ކަމަށް
ތައިވާނުގެ މިހާރުގެ ނައިބު ރައީސް އަދި ވެރިކަންކުރާ ޕާޓީގެ ޗެއާޕާސަން ވިލިއަމް ލައި، އެ ގައުމުގެ އާ ރައީސް އަކަށް ހޮވިވަޑައިގެންފި އެވެ.
Advertisement

ވެރިކަން ކުރާ، ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީޕީޕީ)ގެ ކެންޑިޑޭޓު ލައި ހޮނިހިރު ދުވަހުގެ އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 40 ޕަސެންޓުންނެވެ. މިއީ ޑީޕީޕީ ވިދިވިދިގެން އިންތިހާބު ކާމިޔާބު ކުރި ތިން ވަނަ ފަހަރެވެ.

ތައިވާނުގެ 23 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނައިރު، ވޯޓުލުމުގެ ހައްގު ލިބޭ 19 މިލިއަން މީހުންގެ ތެރެއިން މިފަހަރުގެ ވޯޓުލާން ނުކުތީ 71 ޕަސެންޓު މީހުންނެވެ.

ލާއީ އަކީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އޭނާ ޗައިނާއަށް ފާޑުވިދާޅުވަނީ ތައިވާން އަކީ ޗައިނާގެ ބައެއް ކަމަށް ބެއިޖީން އިން ބުނާތީ އެވެ.

އިއްޔެ އޮތް އިންތިހާބުން ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައި ދެއްކެވި ވާހަކަތަކުގައި ވެސް ޗައިނާއަށް ހަމަލާދެއްވި އެވެ.

ލާއީ ވިދާޅުވީ ޗައިނާ ދައްކާހާ ބިރަކަށް ބެއްލެވުމެއް ނެތި އަމިއްލަ ފައިމައްޗަށް ގައުމު ކޮޅަށް ޖައްސަވާނެ ކަމަށެވެ. އަދި އަސްކަރިއްޔާ ބާރުގަދަ ކުރައްވައި ތައިވާން މިނިވަން ކަމަށް ވަކާލާތުކުރައްވާނެ ކަމަށެވެ. 


"ރަނގަޅު މަގުން މި ގައުމު ކުރިއަށް ހިނގަމުން ދާނެ. އަހަރެމެން ފަހަތަކަށް ނުބަލާނަން،" ދުނިޔޭގެ މީޑިއާއާ ވާހަކަ ދައްކަވަމުން ލާއި ވިދާޅުވި އެވެ.


ލައި ރަސްމީކޮށް މަގާމާ ހަވާލުވެވަޑައި ގަންނަވާނީ އަންނަ މެއި މަހު އެވެ.

ލާއި ވިދާޅުވީ އުނދަގޫ ކުރުމާއި ހަނގުރާމައަށް ވުރެ އޭނާއަށް ބޮޑަށް ކަމުދަނީ ޗައިނާއާ އެކު މަޝްވަރާ ކުރުން ކަމަށެވެ. އަދި ސުލްހަވެރިކަމާއި ރަނގަޅު ގުޅުމެއް ގާއިމްކުރަން އޭނާ ވަނީ ޗައިނާއަށް ގޮވާލައްވައިފަ އެވެ.

ޗައިނާ ގަބޫލުކުރާ ގޮތުގައި ލާއީ އަކީ ތައިވާނަށް ހުރި ނުރައްކަލެކެވެ. އޭނާގެ ޒައާމަތުގައި ތައިވާނަށް ރައްކާތެރިކަން ކަށަވަރުކުރަން ދަތިވާނެ ކަމަށް ބެއިޖީން އިން ވަނީ ބުނެފަ އެވެ.

ޓައިވާނަށް އދ. އިން މިނިވަން ދައުލަތެއްގެ ދަރަޖަ ނުލިބުނަސް އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި 15 ގައުމަކުން ގަބޫލުކުރެ އެވެ. އެކަމަކު އެމެރިކާ އާއި އިނގިރޭސި ވިލާތާއި ރަޝިއާ އާއި ބާރުގަދަ އެހެން ގައުމުތަކުގައި ރަސްމީ ސިފައެއްގައި ޓައިވާން ބަލައެއް ނުގަނެވެ. 

ތައިވާން/ޗައިނާގެ ކޯޅުމުގެ ހުލާސާއެއް: 

ތައިވާން އަކީ ޗައިނާގެ ބައެކެވެ. ތައިވާން ޗައިނާ އާ ވަކިވެގެންފައިވަނީ 1949 ވަނަ އަހަރު އެވެ. ޗައިނާގެ ދާހީލީ ހަނގުރާމަ ކޮމިއުނިސްޓުން ކާމިޔާބުކޮށް ކޮމިއުނިސްޓުންގެ އަތްދަށަށް ޗައިނާގެ ވެރިކަން ދިޔުމާ ގުޅިގެންނެވެ. ތައިވާން ޗައިނާއާ ވަކިވެގަތީ ކޮމިއުނިސްޓުންގެ އަތްދަށަށް ޗައިނާގެ ވެރިކަން ދިޔައިރު ޗައިނާގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން އެމެރިކާގެ އެހީގައި ތައިވާނަށް ސިއްރިޔާތުގައި ފިއްލަވައިގެން ވަޑައިގަތުމަށްފަހު އެމެރިކާ ފަހަތުގައި އޮވެގެންނެވެ.

ކޮމިއުނިސްޓުން ވެރިކަމަށް އައުމާއެކު ޗައިނާގެ ނަމަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއެވެ. އެދުވަސްވަރު ޗައިނާގެ ގޮތުގައި އެމެރިކާ އިއުތިރާފްވީ ރިޕަބްލިކް އޮފް ޗައިނާގެ ނަމުން ނަންދީގެން އުޅުނު ތައިވާން އަށެވެ. ނަމަވެސް 1971 ވަނަ އަހަރު އެމެރިކާވަނީ ތައިވާން (ރިޕަބްލިކް އޮފް ޗައިނާ) ގެ އިއުތިރާފް ދޫކޮށްލައި އޭގެ ބަދަލުގައި ޗައިނާ (ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ) އަށް އިއުތިރާފްވެފަ އެވެ.

ތައިވާން، ޗައިނާއާ ވަކިވެގަނެގެން އުޅުނު ކަމަށްވިޔަސް ރަސްމީކޮށް މިނިވަންކަން އިއުލާނެއް ނުކުރެއެވެ. ޗައިނާ ދެކެނީ ތައިވާނަކީ ބަގާވާތްކޮށްގެންއުޅޭ އެގައުމުގެ ސަރަހައްދެއްގެ ގޮތުގައެވެ. ތައިވާން ދެކެނީ އެގައުމަކީ ޗައިނާ ކަމުގައެވެ. ޗައިނާ ތަމްސީލުކުރުމުގެ ހައްގު އޮންނާނީ ތައިވާނަށް ކަމުގައެވެ.

ތައިވާނުގައި ވަކި ވެރިކަމެއް އޮތް ނަމަވެސް ޗައިނާއިން ދެކެނީ، ގަދަ ބާރު ބޭނުންކޮށްގެން ވެސް އެގައުމުގެ ބާރުގެ ދަށަށް ޓައިވާން ގެންދަން ޖެހޭ ކަމަށެވެ.

ޗައިނާވަނީ ކޮންމެ ގޮތެއްގައިވެސް ތައިވާން އެގައުމުގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެކަން ރަސްމީކޮށް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. އެމެރިކާގެ ޖާސޫސީ ރިޕޯޓްތައް ބުނާގޮތުން ޗައިނާ ސިފައިންވަނީ 2027 ވަނަ އަހަރުގެ ކުރިން ތައިވާން ޗައިނާގެ ބާރުގެ ދަށަށް ގެނައުމަށް ނިންމައި އެކަމާބެހޭ ޕްލޭންތައް އެކުލަވާލާފަ އެވެ. 

އެމެރިކާ އަކީ ތައިވާނަށް ޗައިނާ އާއި ދެކޮޅަށް އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދޭ ގައުމެވެ. ނަމަވެސް އެމެރިކާގެ ރައީސް، ޖޯ ބައިޑަން ވިދާޅުވި ގޮތުގައި، ތައިވާން މިނިވަންކަން އެމެރިކާ ގަބޫލެއް ނުކުރާނެ އެވެ.

ތައިވާން އަކީ މިނިވަން ދައުލަތެއް ކަމަށް އދ ގެ ގުނަވަންތަކުން ވެސް ގަބޫލެއް ނުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް