ads
ޒަކާތް ދައްކަނީ: ޒަކާތު ފަންޑުން ޖަލުތަކުގައި ދީނީ ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައި - ފޮޓޯ:އިސްލާމިކް މިނިސްޓްރީ
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފިކަމަށް ދިވެހި ރާއްޖޭގެ ޒަކާތު ހައުސް އިން އިއުލާނުކޮށްފި އެވެ.

ޒަކާތު ހައުސް އިން ކުރި އިއުލާނެއްގައި ބުނީ އެ އިދާރާއިން އެކުލަވާލައިފައިވާ ފަގީރުންގެ ދަފްތަރުގައި މާލޭ ސިޓީއިން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތް ތަކުންނައް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. 

މި ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލެވިފައިވަނީ 14 ޖެނުވަރީ 2024 އިން ފެށިގެން 1 ފެބްރުއަރީ 2024ގެ ނިޔަލަށް ކަމަށް އެ އިއުލާނުގައިވެ އެެވެ. 

މިކަމަށް ސައުގުވެރިވާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 9:30 އިން 12:00 އަށް ފޯމް ހުށެހުޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް ޒަކާތް ހައުސް އިން ބުނެ އެވެ.

މިކަމަށް ބޭނުންވާ ފޯމު އެ އިދާރާގެ ވެބްސައިޓް www.islamicaffairs.gov.mv އަދި އެ އިދާރާގެ ކައުންޓަރުންވެސް ލިބޭނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ. 

އަދި ފޯމު ބަލައިގަތުމުގެ ކަންތައް ކުރިޔަށް ދާނީ އެ އިދާރާގެ ކައުޓަރުން ކަމަށް އެ އިދާރާއިން ބުނެ އެވެ. 

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް