ads
ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ މިމަހު 27 އަށް ފަސްކޮށްފި
މިމަހު 20 ވަނަ ދުވަހު ތާވަލްކޮށްފައި އޮތް ޕީޕިއެމް/ޕީއެންސީގެ ޓިކެޓުގައި މިއަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ މިމަހުގެ 27އަށް ފަސްކޮށްފި އެވެ.

ޕްރައިމަރީ ފަސްކޮށްފައިވާކަން ޕްރޮގެރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މިއީ ޕީޕިއެމް/ޕީއެންސީން ޕްރައިމަރީ ލަސް ކުރާ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ޕްރައިމަރީ ބޭއްވުމަށް ތާވަލް ކުރީ މިދިޔަ ޑިސެމްބަރު 23ގަ އަވެެ. ނަމަވެސް އެއީ ސްކޫލް ޗުއްޓީއަށްވުމާއި އެހެން ސަބަބުތާކާ ހުރެ މިމަހު 20 ވަނަ ދުވަހަށް އިންތިހާބު ބޭއްވުމަށް ތާވަލް ކުރި އެވެ.

މަޖިލިސް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 17ގައެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން ހޮވާނެ އެވެ.

މި އިންތިހާބުގައި ވާދަކުރާ ބައެއް އެހެން ސިޔާސީ ޕާޓީތަކުން ވެސް މިހާރު ވަނީ ޕްރައިމަރީ ތާރީހު އިއުލާން ކޮށްފައި އެވެ. 

އެގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާނެ މެމްބަރުން ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ ފެބްރުއަރީ މަހުގެ 17ވަނަ ދުވަހު ބާއްވަން އެ ޕާޓީން ނިންމައިފަވާއިރު، އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހުގެ ތިނެއްގައި ބާއްވާނެކަން އެ ޕާޓީން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް