މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ނިންމުތައް ނިންމެވުމުގައި ރައީސް މުއިއްޒު ވަރަށް ހަލުވިކަމަށެވެ.
ދިވެހި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިނަގުނަ ކަމަށާއި މި ފަދަ އުނދަގޫ ދަތި ދަނޑިވަޅެއްގައި ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި އެކު ހަލުވި ސްޕީޑެއްގައި ކަންކަން ކުރާނެ ލީޑަރަކު ގައުމު ބޭނުންވާކަމަށް ސަރީފް ފާހަގަ ކުރެއްވި އެވެ.
ސަރީފް މި ގޮތަަށް މުއިއްުޒުއަށް ތައުރީފުކޮށް ޕޯސްޓް ކޮށްފައިވާ އިރު މިދިޔަ ރިޔާސީ އިންތިހާބުގައި އޭނާ ފާހަގަވެގެން ގޮސްފައިވަނީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ބުރަކަށް ހޮވައިމަށް ކުރި ކެމްޕޭނުގައި އިސް ދައުރެއް އަދާކުރެއްވި ފަރާތެއްގެ ގޮތުގައި އެވެ.
އިންތިހާބުން ރައީސް މުއިއްޒު ކުރި ހޯއްދަވާ ވެރިކަމުގެ ހުވާ ކުރެއްވުމާއިއެކު ސަރީފް ވަނީ ދާދި ފަހުން އެމްޑީޕީ ދޫކުރައްވާ ސަރުކާރު ހިންގާ ޕާޓީ ކަމުގައިވާ ޕީއެންސީ އާއި ގުޅިފައި އެވެ.
ސަރީފް ވަނީ ވަނީ މިފަހަރު މަޖިލީސް އިންތިހާބުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް އިއުލާނުވެސް ކުރަށްވާފައި އެވެ. ނަމަވެސް ފަހުންވަނީ އެކަމަށް އެދި ގިނަބަޔަކު ގުޅުއްވާ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.
ޝަރީފް ވަނީ 20 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން މަޖިލީހުގެ މެމްބަރުކަން ކުރައްވާފައެވެ. މިހާރު ހިނގަމުން އަންނަ މަޖިލިހުގައި އޭނާއަކީ އެންމެ ދުވަސްވީ އެއް މެމްބަރެވެ.