އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ސައުދީ އަރަބިއްޔާ އަށް ކުރައްވަމުން ގެންދަނާ ދަތުރުގެ ތެރެއިން އިއްޔެ އެވެ.
އަދި، އެ ކައުންސިލްގެ ފަރާތުން ސޮއިކޮށްފައިވަނީ، އެ އެކަޑަމީގެ ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރ ޑރ. ގުތުބު މުސްތަފާ ސާނޫއެވެ.
އެ އެކަޑަމީއަކީ، އިސްލާމީ ދުނިޔޭގައި އޮންނަ އިސްލާމީ އިލްމީ އެންމެ މަތީ މަޖިލީހެވެ. އެ މަޖިލީހުގެ މައި އިދާރާ ހުންނަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގަ އެވެ.
މިނިސްޓަރު ޝަހީމް ސައުދީއަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ، ޕްރޮފެސަ ގުތުބާއަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ވެސް އަރުވައިފަ އެވެ.