ads
އިންތިހާބުގެ ނަތީޖާ އަށް އަސަރު ކުރާވަރުގެ ސަކުވާ އެއް ލިބިފައެއްނެތް: އީސީ
ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ނަތީޖާ އަށް އަސަރު ކުރާވަރު އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށް އިލެކްސަންސް ކޮމިޝަންއިން ބުނެފި އެވެ.
Advertisement

ސީއެންއެމް އާއި ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މޭޔަރު ހޮވުމަށް ބޭއްވި ބައި އިލެކްޝަނާއި ގުޅޭ ގޮތުން ލިބުން ސަކުވާތަކަށް ބަލާ އިރު އިންތިހާބުގެ ނަތީޖާ އަށް އަސަރު ކުރާ ފަދަ އެއްވެސް ސަކުވާއެއް ލިބިފައި ނުވާ ކަމުގަ އެވެ. 

ހަބީބް އިތުރަށް ވިދާޅުވީ މި އިންތިހާބާއި ގުޅިގެން 7 ސަކުވާއެއް ހުށަހެޅިފައިވާއިރު ގިނައިން ލިބިފައި ހުރީ ކެމްޕޭނު ކުރުމާއި އެންޓި ކެމްޕޭނު ކުރުމުގެ ޝަކުވާ ކަމަށާއި މީގެ އިތުރުން ލަހުން އާދެވުމުން ވޯޓު ލާން ނުލިބުނުކަމުގެ ޝަކުވާއެއްވެސް ލިބިފައިވާކަމުގަ އެވެ. 

ސީއެންއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަބީބް ވިދާޅުވީ ސޯސަލް ސެންޓަރު ތެރޭގައި ހުރި ޔޫންތް މިނިސްޓްރީގެ އޮފީހެއްގެ ތެރޭގައި ކޯލް ސެންޓަރެއް ހުޅުވައިގެން ވަކި ކެންޑިޑޭޓަކަށް ކެމްޕޭނު ކޮށްދޭ ކަމަށް ބުނެ ޝަކުވާއެއް ހުށަހެޅުނު ކަމަށާއި ނަމަވެސް އީސީގެ އިސްވެރިން އެތަނަށް ދިޔަ އިރު އެތަން ވަނީ ހުސްކުރެވިފައިކަމުގަ އެވެ. 

"އަޅުގަނޑު ޔޫތް މިނިސްޓްރީގެ އިސްވެރިންނައް މި ސަކުވާ ލިބުމުން ގުޅިން. އެބޭފުޅުން ވިދާޅުވީ ކެމްޕޭނު ހަރަކާތެއް އެ އޮފީސްތެރޭގައި ނުހިނގާކަމަށް. އެ އޮފީސް ތެރޭގައި މަސައްކަތް ކުރަމުން ދިޔައީ ޔޫތް މިނިސްޓްރީގެ މުވައްޒިފުންކަމަށް އެ މިނިސްޓްރީން ބުނި. އަޅުގަނޑުމެން ދިޔަ އިރު އެތަން ހުރީ ހުސްކޮށްފަ" ހަބީބް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވި ގޮތުގައި އެ އޮފީސް ހުރީ ވޯޓުލުން ބާއްވަމުން ދިޔަ ބިލްޑިންގައި ނޫންކަމަށާއި އެ އޮފީސް ހުރީ އެ ބިލްޑިން އާއި ޖެހިގެން ހުރި އިމާރާތުގައި ކަމަށެވެ. 

ހޮނިހިރުގައި އޮތް ބައި-އިލެކްޝަނުގައި މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގަތީ އިދިކޮޅު އެމްޑީޕީން ވާދަކުރެއްވި އާދަމް އާޒިމް އެވެ. ހެންވޭރު ދެކުނާއި މާފަންނު ދެކުނު ދާއިރާ ކާމިޔާބުކުރީ ވެރިކަން ކުރާ ޕާޓީ ޕީއެންސީއިންނެވެ. އިދިކޮޅު އެމްޑީޕީން ކާމިޔާބުކުރީ މެދު ހެންވޭރު ދާއިރާ އެވެ.

މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަނުގައި ވޯޓު ދިނީ 17،442 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 31.8 އިންސައްތަ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހުންނަށް ލިބުނެވެ. މިއީ މިފަހުގެ ތާރީހެއްގައި މާލެ ސިޓީން އެންމެ މަދު އަދަދަކަށް ވޯޓާ ލާން މީހުން ނިކުތް އިންތިހާބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް