ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
"ސަރުކާރުގެ ޓްރޭޑް ވަފުދެއް އެމެރިކާއަށް ފޮނުވުމުގެ ފުރުސަތު ލިބިއްޖެ"
ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ސަރުކާރުގެ ޓްރޭޑް ވަފުދެއް އެމެރިކާއަށް ފޮނުވުމުގެ ފުރުސަތު މިހާރު ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ކާގޯ ޓާމިނަލް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މީގެ ކުރިން ދިވެހި ސަރުކާރުގެ ޓްރޭޑް ވަފުދަކަށް އެމެރިކާއަށް ދިއުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް އާއި މިނިސްޓްރީން މިއަދު ބައްދަލު ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ސަރުކާރުގެ ޓްރޭޑް ވަފުދެއް އެމެރިކާއަށް ފޮނުވުމުގެ ފުރުސަތު މިހާރު ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަދި މިހާތަނަށް ދިވެހިރާއްޖޭގެ ޓްރޭޑް ވަފުދަކަށް، ސަރުކާރުގެ، އެމެރިކާއަށް ދިއުމުގެ ފުރުސަތެއް ހަމަގައިމުވެސް މިހާތަނަށް ދީފައެއް ނެތް، ނަމަވެސް މިހާރު ޑރ. މުއިއްޒުގެ ސަރުކާރަށް ވަނީ އެ ފުރުސަތު ލިބިފަ" މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން އެކަމަށްޓަކައި ރައީސް ޑރ. މުއިއްޒުގެ ދުރުވިސްނުމާ ކެރިވަޑައިގަތުމާ ގާބިލް ކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެ ބައްދަލުވުމުގައި ރައީސްގެ ހާއްސަ އެންގެވުމެއްގެ މަތިން، ޕޭޕަލްގެ ހިދުމަތް ލިބޭނެ ގޮތެއް ހޯދުމާމެދު ވެސް މަޝްވަރާ ކުރެއްވުނު ކަމަށެވެ.

މީގެއިތުރުން ސައުދީ އަރަބިއާގެ ބައިވެރިވުމާއެކު ކުރިއަށްދާ މަސައްކަތްތައް ރައީސް ބައްލަވައި، އެ މަސައްކަތްތައް އަވަސް ކުރުމުގައު ސައުދީ ސަރުކާރަށް ދޭން ޖެހޭ ހުރިހަ އެއްބާރުލުމެއް ދިނުމަށް އެ މަނިކުފާނު އަންގަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކައިގައި، ރައީސް ޑރ. މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށް އަލިއަޅުވާލައްވައި ވިދާޅުވީ، ދިވެހިން ފަހުރުވެރި ވާނެފަދަ ތަރައްގީގެ އެތައް މަޝްވަރާތަކެއް އެ ދަތުރުގައި ކުރެވުނު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް