މާލޭ ސިޓީ ކައުންސިލުން ބުނީ، ކައުންސިލްގެ މެނޭޖްމަންޓާ އާޒިމް ބައްދަލުކުރައްވައި، ކައުންސިލުން މިހާރު ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
މީގެއިތުރުން މި ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ ހިންގުމާ ގުޅޭ ގޮތުން ވެސް މުހިއްމު މަޝްވަރާތަކެއް ކުރައްވާފައި ވާ ކަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ.
މާލެ ސިޓީގެ މޭޔަރު ރޭސް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވީ 7621 ވޯޓާއެކުގަ އެވެ. އޭނާއާއި އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އާއިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގަތީ 5031 ވޯޓެވެ.