ads
މަރޫޑޯއާއި އޭނާގެ އަނބިކަނބަލުން އެމެރިކާގެ ކޯޓަށް ހާޒިރުކުރަނީ
ޝަރީއަތުގެ މަޖިލިސް ހޫނުވެ: އާންމުންގެ މީހަކު އެއްޗެހި ގޮވުމުން މަޑޫރޯ ރައްދު ދެއްވައިފި
އެމެރިކާގެ ކޯޓެއްގައި ކުރިއަށްދިޔަ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ޝަރީއަތުގެ މަޖިލީހެއްގައި، އެތަނަށް ވަދެހުރި އާންމުންގެ މީހަކު ހަޅޭއްލަވައިގަތުމުން މަސްރަހު ހޫނުވެ، މަޑޫރޯ އެކަމަށް ރައްދު ދެއްވައިފިއެވެ.
Advertisement

ނިއުޔޯކުގައި ކުރިއަށް ދިޔަ މި އަޑުއެހުމުގައި ހިނގި މި ހާދިސާއާއެކު ކޯޓު ރޫމްގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދުނެވެ.

މި ހާދިސާ ހިނގީ މަޑޫރޯ ކޯޓަށް ހާޒިރުކުރުމަށްފަހު، އަޑުއެހުން ނިންމާލައި އޭނާ ގެންދަން އުޅުނު ވަގުތުއެވެ. ކޯޓު ރޫމްގެ އާންމުން ތިބޭ ސަރަހައްދުގައި ހުރި މީހަކު ވަނީ ކުއްލިއަކަށް ކޮޅަށް ތެދުވެ ވަރަށް ބާރަށް އަޑުގަދަކޮށް މަޑޫރޯއާ ދިމާލަށް އެއްޗެހި ގޮވާފައެވެ.

އެމީހާ ބުނީ "ވެނެޒުއޭލާގެ ހައްގުގައި ކަލެއަށް އަދަބު ލިބޭނެ" ކަމަށާއި "ކަލޭ ޖެހޭނީ ބަދަލު ދޭން" ކަމަށެވެ. މިއީ ވެނެޒުއޭލާގެ ރައްޔިތުންނަށް ލިބުނު ކަމަށް ބުނާ ގެއްލުންތަކުގެ ބަދަލު އޭނާގެ ކިބައިން ހިފާނެކަން އަންގައިދިނުމުގެ ގޮތުން އެމީހާ ބުނި ބަހެއް ކަމަށް އެތަނުގައި ތިބި ނޫސްވެރިން ރިޕޯޓުކުރެއެވެ.

މި ވާހަކަތައް އަޑުއިވުމާއެކު މަޑޫރޯ ވަނީ ފަސްއެނބުރި ބަލައިލުމަށްފަހު ވަގުތުން އެކަމަށް ރައްދު ދެއްވާފައެވެ. އޭނާ ބާރަށް ވިދާޅުވިއެވެ.

"ކަލާންގެ ނަންފުޅުގައި ބުނަން، އަހަރެން ވާނީ މިނިވަން،" މަރޫޑޯ އެމީހާއަށް ރަށްދު ދެއްވަމުން ވިދާޅުވިއެވެ. 

މަޑޫރޯ މިހެން ވިދާޅުވީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކުން ސަލާމަތްވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަން ހާމަކުރެއްވުމުގެ ގޮތުންނެވެ. އޭނާ ގެންދަނީ އެމެރިކާއިން ކުރާ މަސްތުވާތަކެތީގެ ވިޔަފާރީގެ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކުރައްވަމުންނެވެ.

މި ހަމަނުޖެހުން ހިނގި ވަގުތު ކޯޓުތެރޭގެ ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށް، ހަޅޭއްލެވި މީހާ ހުއްޓުވާފައެވެ. މިއީ މަޑޫރޯ ހައްޔަރުކުރި ފަހުން އާންމު ރައްޔިތަކާ ކުރިމަތިލުމެއް ހިނގި ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް