ads
ތިން ކިލޯއަށްވުރެ ގިނަ ޑްރަގާއެކު ހައްޔަރުކުރި ދެ މީހުން -- ފޮޓޯ؛ ފުލުހުން
ތިން ކިލޯއަށްވުރެ ގިނަ ޑްރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި
ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު / ފަލަކް، ޝާއިން އަލީ (27އ) އާއި އއ. ފެރިދޫ / އިހުރާމްގެ، އާއިޝަތު މާޝާ އަހުމަދު (20އ) އެވެ.

މި އޮޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއް ގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާއިރު އެއެޕާޓްމަންޓުން 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައި ވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ދެ މީހުންނަށްވެސް 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައި ވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް