ads
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ކޯޓުގެ މަސައްކަތު ދުވެލި، ތާރީޚުގައި ނުދެކޭހާ ބާރުމިނުގައި މި އަހަރު ހުންނާނެ ކަމަށް ބެލެވޭ ކަމަށް އެ ކޯޓުން ވަނީ ބުނެފައި ފޮޓޯ: ރައީސް އޮފީސް
އާ އިމާރާތާއެކު މަސައްކަތް އަވަސްވެ، މައްސަލަ ނިންމާ މިންވަރު %140 އިތުރު: ކްރިމިން ކޯޓު
ކްރިމިނަލް ކޯޓުގެ އާ އިމާރާތާއެކު އެ ކޯޓުގެ މަސައްކަތް އަވަސް ވެފައިވާކަން ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
Advertisement

އެކޯޓުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އާ އިމާރާތާއެކު އެކޯޓުން މަހެއްގެ މައްޗަށް މައްސަލަ ނިންމާ މިންވަރު 140 އިންސައްތަ އިތުރުވެފައި ވެއެވެ.

އެ ތަފާސްހިސާބުތައް އާންމުކުރި ކަރުދާހުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ވިދާޅުވީ، މިދިޔަ އަހަރަކީ، އެ ކޯޓަށް ކުރިމަތިވެފައި އޮތް ޖާގައިގެ ދަތިކަމަށް ތަސައްލީއެއް ލިބުނު އަހަރެއް ކަމަށެވެ.

މިދިޔަ އަހަރުގެ ޖުލައި 27ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓު ހިންގާ އާ އިމާރާތް "ޖަސްޓިސް ބިލްޑިން އެނެކްސް"ގެ ނަމުގައި ހުޅުވައިދެއްވައިފަ އެވެ.

ކްރިމިނަލް ކޯޓުން އަންދާޒާ ކުރާގޮތުގައި މި އަހަރަކީ އެ ކޯޓުގެ މަސައްކަތުގެ ދުވެލި ތާރީހުގައި ވެސް ނުދެކޭހާ ބާރުމިނުގައި ހުންނާނެ އަހަރެއް ކަމަށް ބެލެވޭއިރު، މި އަހަރަކީ ބެކްލޮގްގައި ހުރި މަސައްކަތްތައް ވެސް ނިމެނޭ އަހަރެކެވެ.

ކްރިމިނަލް ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ކޯޓަށް 1،062 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅި އެވެ. މިދިޔަ އަހަރު ޖުމްލަ 1،380 މައްސަލައެއް ނިންމާފައިވެ އެވެ. އޭގެ ކުރިން 2024 އަހަރު ނިންމާފައިވަނީ 649 މައްސަލަ އެވެ. 

މިދިޔަ އަހަރު ނިމުނުއިރު ކްރިމިނަލް ކޯޓުގެ ނުނިމިއޮތީ ޖުމްލަ 1،735 މައްސަލަ އެވެ. ކޯޓުގެ ދުވެލި މިވަގުތު ހުރީ މަހަކު 175 މައްސަލަ ނިންމުމުގެ ބާރު މިނުގައި ކަމަށްވާތީ، އެ ރޭޓުން މަސައްކަތް ކުރިއަށްދާނަމަ އަހަރު ނިމޭއިރު 2،000 އަށްވުރެ ގިނަ މައްސަލަ ނިމޭނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް