ads
އިންޑިގޯ ފްލައިޓް ޑިލޭވުމުން ޕައިލެޓް ގައިގައި ޖެހި ފަސެންޖަރު ދޫކޮށްފި
އިންޑިއާގެ އިންޑިގޯ އެެއާލައިންގެ ފްލައިޓެއް ޑިލޭ ވުމުން ޕަސެންޖަރެއް ޕައިލެޓެއްގެ ގައިގައި ޖެހި މައްސަލައިގައި ހައްޔަރު ކުރި މީހާ ދޫކޮށްފައިވާކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްތައް ބުނެފިއެވެ.
Advertisement

އިންޑިއާގެ ވެރިރަށް ދިއްލީން ގޯއާއަށަ ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓް ޑިލޭ ވުމުން އެގައުމުގެ އިންޑިގޯ އެއާލައިންގެ ޕައިލެޓެެއް ގައިގައި ޖެހި މައްސަލައިގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފިއެވެ.

އެގައުމުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ކޯޕައިލެޓަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްފައި ވަނީ ކަފާލާތުގެ ދަށުންނެވެ.

ފަސެންޖަރު ޕައިލެޓް ގައިގައި ޖަހާފަވަނީ 12 ގަޑިއިރަށްވުރެ ގިނަ އިރު ފްލައިޓު ޑިލޭވުމުގެ ސަބަބުން އެކަމުގެ ރުޅީގައެވެ.

ފްލައިޓް އެހާގިނައިރު ޑިލޭ ވެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

އޭނާ ޕައިލެޓް ގައިގައި ޖަހާފައިވަނީ ފްލައިޓް ޑިލޭވީކަން އަންގަން ޕައިލެޓް ކޮކްޕިޓުން ނިކުމެ އުޅެނިކޮށެެވެ.

އޭނާ ޕައިލެޓް ގައިގައި ޖަހާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފައެވެ.

އެކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާ ހައްޔަރުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް