ads
އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި ހެލްތު މިނިސްޓަރު ބައްދަލު ކުރައްވައިފި
އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި ހެލްތު މިނިސްޓަރު ބައްދަލު ކުރައްވައިފި އެވެ.

ހެލްތް މިނިސްޓްރީން އެކްސްގައި ކުރައްވާފައިވާ ގޮތުން މި ބައްދަލުވުމުގެ ތެރެއިން އެ ސިއްހީ އިދާރާތަކުން އާންމުންނަށް ދޭ ހިދުމަތްތައް ރައްޔިތުންނައް ފަސޭހަ ވާނެހެން އަދި އިތުރަށް ރައްކާތެރިކޮށްދެވޭނެ ގޮތެއް ހޯދުމަށް މަޝްވަރާކުރެވު ނެވެ. 

މީގެ އިތުރުން އެ ބައްދަލުވުމުގައި މި ބައްދަލުވުމުގައި އެތަންތަނުން ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްކުރެވުނުކަމަށް އެ މިނިސްޓްރީ އިން ކުރި ޕޯސްޓުގައި ވެއެވެ. 

ސިއްހީ ދާއިރާގެ މައްސަލަތައް ހައްލުކޮށް، އެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ލަފާ ހެލްތް މިނިސްޓަރަށް ދޭނެ ތިން ކޮމިޓީއެއް އެކުލަވާލަން ހެލްތް މިނިސްޓްރީން ވަނީ އެދިފައިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ، ސިއްހީ ދާއިރާއަށް ދިމާވާ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށާއި އެ ދާއިރާ ކުރިއެރުވުމަށްޓަކައި، ސިއްހީ ދާއިރާގައި ތަޖުރިބާކާރު ފަރާތްތަކުގެ ލަފަޔާއި އިރުޝާދު މިނިސްޓަރަށް ހޯދުމަށް، ތިން ކޮމިޓީއެއް އެކުލަވާލަން އެދި ހެލްތު މިނިސްޓްރީން ކަރުދާހެއް ހުޅަހަޅާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން އެކުލަވާލަން ހުށަހަޅާފައިވާ ތިން ކޮމިޓީ:

  1. ހެލްތް އެޑްވައިޒަރީ ކޮމިޓީ
  2. ޕަބްލިކް ހެލްތް އެޑްވައިޒަރީ ކޮމިޓީ
  3. ކިިއުރޭޓިވް ހެލްތްކެއާގެ އެޑްވައިޒަރީ ކޮމިޓީ

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް