މީޒާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ކޯޕަރޭޓް އެފެއާސް މެނޭޖަރުގެ މަގާމުގައެވެ. އަދި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީނިއާ ކްރެޑިޓް އޮފަސަރެއްގެ ގޮތުގައި ގިނަ އަހަރުތަކަކަށް އޭނާ މަސައްކަތްކުރެއްވި އެވެ.
އޭނާ ވަނީ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލޭންޑުން މާސްޓާ އޮފް ބިޒްނަސް މެނޭޖްމަންޓް (އެމްބީއޭ) ހާސިލްކުރައްވައި، އެކައުންޓިން އަދި ފައިނޭންސްގެ ދާއިރާއިން އުނިވާސިޓީ އޮފް ކޮލަމްބޯ އިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައިފަ އެވެ.
އާ ސަރުކާރާއެކު ސަރުކާރު ކުންފުނިތަކުގެ ވެރިން ވެސް ބަދަލުކުރަމުން އަންނައިރު، އެސްޑީއެފްސީގެ އެމްޑީގެ މަގާމަށް އާ ބޭފުޅަކު އައްޔަނުކޮށްފައެއް އަދި ނުވެއެވެ.
އަދިވެސް އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރަކީ ކުރީ ސަރުކާރުން އައްޔަނުކުރި، އަހުމަދު ޒީނާދެވެ.