ads
ސީރިއާގެ ހަނގުރާމާގައި ބައިވެރިވެގެން އުޅޭ ދިވެހިންތަކެއް--
ސީރިއާއަށް ދިޔަ މީހުންގެ ތެރެއިން 5 އާއިލާއެއް އެނބުރި ރާއްޖެއަށް ގެނެވިއްޖެ: އިހުސާން
ސީރިއާއަށް ދިޔަ މީހުންގެ ތެރެއިން 5 އާއިލާއެއް އެނބުރި ރާއްޖެއަށް ގެނެވިއްޖެކަމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއަދު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އިން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަތަކުގެ ތެރެއިން އިހުސާން ވިދާޅުވީ ސީރިއާއަށް ހަނގުރާމައަށް ދިޔަ މީހުންގެ ތެރެއިން ފަސް އާއިލާއެއް އެނބުރި އަންނަން ބޭނުންވުމުން، އެ 21 މީހުން މިއަދު މާލެ ގެނެވިފައިވާކަމުގައެވެ. 

ސީރިއާގެ ހަނގުރާމައިގައި ބައިވެރިވާން  ރާއްޖެ ދޫކޮށް ގޮސް ތިިބި މީހުންގެ ތެރެއިން 90 އަށް ވުރެ ގިނަ މީހުން އަނބުރާ އަންނަން އެދިފައިވާ ކަމަށެވެ. އެ މީހުން މިހާރު ތިބީ ސީރިއާއާއި ތުރުކީއާ ގުޅޭ ބޯޑަރު ކައިރީގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިއަދު ގެނެވުނު މީހުންނަކީ ދިވެހީންކަން 100 އިންސައްތަ ކަށަވަރުކުރެވިފައި ތިބި މީހުންނެވެ.

މިގޮތުން، ދިވެހީންކަން ކަށަވަރު ކުރެވިފައި ތިބި 21 މީހަކު އަނބުރާ ގައުމަށް ގެނެސްފައިވާ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވިއެވެ. އެއީ، ފަސް އާއިލާއަކަށް ނިސްބަތްވާ 21 މީހުންނެވެ. އޭގެ ތެރެއިން 15 ކުދިންނަކީ ކުޑަކުދިން ކަމަށާއި ބާކީ ހަ މީހުންގެ ތެރެއިން ފަސް މީހުންނަކީ އަންހެނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، އެ 15 ކުޑަކުދިންނަކީ އެ ފަސް އަންހެނުންގެ ދަރިންނެވެ.

"އޭގެ ތެރޭގައި އުމުރުން ތިން އަހަރުގެ ކުއްޖަކު ވެސް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ ގެނައި 21 މީހުންގެ މެޑިކަލް ޗެކަޕް ހެދުމަށް ފަހު، އެ މީހުން ބޭތިއްބުމަށް ހާއްސަކޮށްފައިވާ މަރުކަޒަށް މިއަދުގެ ވަގުތެއްގައި ގެންދާނެ އެވެ. އެމީހުން މުޖުތަމައަށް ދޫކުރާނީ އެ ސެންޓަރުގައި ރިހެބިލިޓޭޓް ކުރުމަށް ފަހުގަ އެވެ.

ސޫރިޔާގެ ބައެއް ސަރަހައްދުތައް އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާއިން ކޮންޓްރޯލްކުރި ދުވަސްވަރު އެ ޖަމާއަތްތަކާ ގުޅެން ދިވެހިންގެ އެތައް ބަަޔަކު ދިޔަ އެވެ. އޭގެ ތެރެެއިން ބައެއް މީހުން ދިޔައީ އަނބިދަރިން ވެސް ގޮވައިގެންނެވެ. އެ މީހުންގެ ތެރެއިން އެތައް ބަޔަކު މަރުވެފައި ވާއިރު، އަދިވެސް ކޭމްޕުތަކުގައި ދިވެހިން އެބަ ތިއްބެވެ.

ސީރިޔާގެ ކޭމްޕުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ފުރަތަމަ ކުރަން ފެށީ ނިމިދިޔަ ސަރުކާރުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް