ads
ސީރިއާ ހަނގުރާމައަށް ދިޔަ ދިވެހިންތަކެއް-- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
ސީރިޔާއަށް ދިޔަ މީހުން އެ ގައުމަށް ދިޔަ ގޮތް ބަލާނަން: އިހުސާން
ސީރިޔާއަށް ދިޔަ މީހުން އެ ގައުމަށް ދިޔަ ގޮތް ބަލާނެ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިއަދު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސީރިޔާއަށް ހަނގުރާމަކުރަން ރާއްޖެއިން ދިޔަ މީހުން އެ ގައުމަށް ދިޔަ މީހުން އެ ގައުމަށް ދަތުރުކުރީ ކިހިނެތްތޯ ބަލަމުން އަންނަކަމުގަ އެވެ. 

މިނިސްޓަރު ވިދާޅުވީ ސަރުކާރަށް މީހަކު އެ ސަރަހައްދަށް ދިޔަކަން މި އެނގެނީ ގޮއްސަ ރިޕޯޓް ކުރުމުން ކަމަށާއި ގިނަ ފަހަރަށް އެ މީހުން ރާއްޖެއިން ދަނީ ބޭސްފަރުވާކަމަށް ބުނެ ކަމުގައެވެ. ސަރުކާރަށް އެ މީހުން ސީރިޔާއަށް ދިޔަކަން މި އިނގެނީ ގޮސްގެން ހާލުގައި ޖެހިމުގެ ސަބަބުން އާއިލާ އަށް ގުޅުމުން ކަމަށް އިހުސާން ވިދާޅުވި އެވެ. 

"މިފަހަރު ގެނެވުން އެއް އާއިލާ އަކީ ހަމަ މި ގޮތަށް އިންޑިޔާއަށް ބޭސް ފަރުވާ އަށް ގޮސް އިންޑިޔާ މެދުވެރިކޮށް ސީރިޔާ އަށް ދިޔަ އާއިލާ އެއް. މިހާރު ބަލަމުން މި ދަނީ ކޮން ގައުމުތަކަކުން ދޯ ގިނަ މީހުން ސީރިޔާއަށް ގޮސްފައި މި ވަނީ" އިހުސާން ވިދާޅުވި އެވެ.

ކުރި ތަހުގީގުން އެނގިފައިވާގޮތުގައި ރާއްޖެގެ މީހުން އާންމުކޮށް ގޮސް އުޅޭ ހުރިހާ ގައުމުތަކަކުންވެސް ސީރިޔާއަށް ދިވެހިން ގޮސްފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެ ގޮތުން ސްރީލަންކާ، ޔޫއޭއީ، އިންޑިޔާ އިންވެސް ގޮސްފައިވާކަމަށް އިހުސާން ފާހަގަ ކުރެއްވި އެވެ.

ހަނގުރާމަތައް ހިނގަމުންދާ ސަރަހައްދުތަކަށް ދިއުމުގެ ވިސްނުން ގެންގުޅޭ މީހުން މިހާރު ވެސް ރާއްޖޭގައި އެބަތިބިކަން އިންޓެލިޖެންސް ރިޕޯޓުތަކުން އެނގޭ ކަމަށާއި އެފަދަ މީހުންގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

މިއަދު ރާއްޖެ ގެނައި މީހުން ރާއްޖެ ގެނެސްފައިވަނީ އެ މީހުންގެ ޑީއެންއޭ ޓެސްޓް ހަދައި އެއީ ދިވެހިންކަން ޔަގީން ކުރުމަށް ފަހު އެވެ. ރާއްޖެ ގެނައުމަށް ފަހު، އެ މީހުން އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ބޭނުންވާ ފަރުވާ ދިނުމަށް ކ. ހިންމަފުށީގައި ގާއިމްކޮށްފައިވާ ރީިއިންޓަގްރޭޝަން ސެންޓަރަށް ވަނީ ގެންގޮސްފަ އެވެ.

"ދިވެހިން ކަމަށް ބެލެވޭ 100އަށް ވުރެ މީހުން ބޭރުގެ އެކި ދިމަދިމާލުގައި ތިބި ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް އަންނަނީ ލިބެމުން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއީ ސީދާ ކޮން ބައެއްކަން އަދި ކަށަވަރު ނުވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ އެ މީހުން ތިބި ތަން ކަށަވަރުކޮށް، އެ މީހުންނާ ގުޅޭނެ ގޮޮތްތައް ހޯދުމުގެ މަސައްކަތްކަން އޭނާ ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވަނީ ހަނގުރާމައަށް ދިޔަ ދިވެހިންގެ ތެރޭގައި ކުޑަކުދިން ގިނަ ކަމަށާއި އެ ކުދިން އެތަނަށް ގެންދިޔައީ އެ ކުދިންގެ މައިންބަފައިން ކަމަށްވާތީ އެ ކުދިން އެއީ ކުށްވެރިންގެ ގޮތުގައި ނުދެކުމަށް މުޖުތަމައުގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި އެ ކުދިންގެ ޕްރައިވަސީ ރާއްކާތެރިކުރުމުގެ މަސައްކަތް ކުރުމުގައި އެހީތެރިކަން ދިނުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް