ads
ހޯމް މިނިސްޓަރު އަލީ އިހުސާން -- ފޮޓޯ: ސަން
ސީރިޔާއިން ގެނެވުނު ދިވެހިން ރިހެބިލިޓޭޓް ކުރެވޭނެކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެ
މިއަދު ސީރިޔާއިން ގެނެވުނު ދިވެހިން ރިހެބިލިޓޭޓް ކުރެވޭނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ސީރިއާގައި ހަނގުރާމައަށް ގޮސް ތިއްބާ ހާލުގައި ޖެހުނު 21 ދިވެއްސަކު މިއަދު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެއީ ހަ މީހަކާއި 15 ކުޑަ ކުއްޖެކެވެ. އެ މީހުން ސަރުކާރުގެ އެހީގައި ރާއްޖެ ގެނައުމަށްފަހު އެ މީހުން މިހާރު ތިބީ ރިހެބިލިޓޭޝަން ސެންޓަރުގެ ބެލުމުގެ ދަށުގަ އެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ އެ މީހުން، ހިންމަފުށީގައި ހުންނަ 'ނެޝަނަލް އިންޓަގްރޭޝަން ސެންޓަރު'ގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެންގޮސްފަ އެވެ. މިއަދު ގެނައި މީހުންގެ މެޑިކަލް އެސެސްމަންޓެއް ހެދި އިރު އެއްވެސް ބޮޑު ބަލިމަޑުކަމެއް ނެތްކަން ކަށަވަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ސީރިއާއިން ދިވެހި އެއް އާއިލާއެއް ރާއްޖެ ގެނެސް ހިންމަފުށީގައި ހުންނަ އިންޓަގްރޭޝަން ސެންޓަރުގައި ބައިތިއްބައިގެން ފަރުވާ ދެވި މިހާރު މުޖްތަމައަށް ދޫކޮށްލެވިފައިވާކަމަށާއި އެ އާއިލާގެ ކަންކަން ފަސް އަހަރަށް ގާތުން ބަލާނެކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އަދި ހަމަ އެހެންމެ މިނިސްޓަރު ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި މި މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވޭ ކަމަށާއި ސަކްސެސްފުލީ ވަަރަށް ގިނަ ގައުމުތަކުގައި ރިހެބިލިޓޭޓް ކުރެވި ރިއިންޓަގްރޭޓް ކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ [ރިހިބިލިޓޭޝަން ތަޖުރިބާކާރުންނަށް] އެ މީހުންނަކީ މިހާރު ދިވެހި މުޖުތަމައު ތެރޭގައި އާންމު ހާލަތުގައި އުޅެވޭނެ މީހުން ކަމަށް ހުރިހާ ގޮތަކުން ވެސް ގަބޫލުކުރެވޭ ހިސާބަށް ދިޔައީމަ މުޖުތައުތެރެއަށް އެމީހުން ދޫކޮށްލުމުގެ މަސައްކަތް ފައްޓާނީ ވެސް،" އިހުސާން ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ވަނީ އެކި ގޮތްގޮތުން ސީރިޔާގެ ކޭމްޕުތަކުގައި ތިބި ދިވެހިން އަނބުރާ ގެނައުމުގެ މަސައްކަތް ފަށާފައެވެ. މިއަދު ފަސް އާއިލާއެއް ސީރިޔާއިން އަނބުރާ ރާއްޖެ ގެނެސްފައިވާއިރު އެ އާއިލާތައް ގެނައުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހުނު ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް