އުމުރުން 60 އަހަރުގެ މޮރީނިއޯ 2021 ވަނަ އަހަރުގެ މެއި މަހު މަގާމާ ހަވާލުވިއިރު، އޭގެ އަހަރެއް ފަހުން ރޯމާ ވަނީ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދައި، 2023 ވަނަ އަހަރު ޔޫރޮޕާ ލީގުގެ ފައިނަލް ހޯދައިފަ އެވެ.
އެކަމަކު ސެރީއާގެ ނުވަ ވަނައިގައި، ޗެމްޕިއަންސް ލީގުގެ ސްޕޮޓަކާފަސް ޕޮއިންޓުގެ ފަރަގެއްގައި މިހާރު އޮތްއިރު، މިދިޔަ ހަފްތާގައި ކޮޕާ އިޓަލީން ސިޓީގެ ވާދަވެރި ލާޒިއޯ އަތުން ރޯމާވަނީ ކަޓާފައެވެ.
މޮރީނިއޯ ވަކިކުރުމުން މި ސީޒަން ނިމެންދެން މޮރީނިއޯގެ ބަދަލުގައި ދެން ޓީމަށް އިރުޝާދު ދޭނީ ކުރީގެ މިޑްފީލްޑަރު ޑި ރޮސީ އެވެ.