ads
ފަސޭހައިން ތާޒާ ފެނަށް އޯޑަރު ކޮށްލެވޭ ހާއްސަ އެޕެއް ލޯންޗްކޮށްފި
ފަސޭހަކަމާއެކު ތާޒާ ފެނަށް އޯޑަރު ދެވޭނެ މޯބައިލް އެޕްލިކޭޝަނަކާއި ކޯޕަރޭޓް ވެބްސައިޓެއް ލޯންޗުކޮށްފި އެވެ.

މީރުމާ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެޕް ލޯންޗް ކޮށްދެއްވީ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) ގެ ޗެއާމަން އަބުދުލް މަތީން މުހައްމަދާއި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަލީ އާޒިމެވެ. 

މި އެޕް މެދުވެރިކޮށް ފެން ކޭހަށް އޯޑަރު ދިނުމަށްފަހު އޯޑަރު ޓްރެކް ކުރުމާއި، ކުރިން ދީފައިވާ އޯޑަރުތަކުގެ ތަފްސީލު ވެސް ކަސްޓަމަރުންނަށް ބަލާލެވޭނެ އެވެ.

ބޭނުން ކޮށްލަން ފަސޭހަ މި އެޕުން، ހަމައެކަނި ފޯނު ނަމްބަރު ބޭނުން ކޮށްގެން ޔޫޒާ ވެރިފައި ކޮށްލެވޭނެ އެވެ.

އެޕް ލޯންޗް ކޮށްދެއްވައި އައިބީއެމްގެ ޗެއާމަން އަބްދުލް މަތީން ވިދާޅުވީ، ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތައް ޒަމާނީ ކުުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، މި ލޯންޗް ކުރެވުނު އެޕާއެކު ހިދުމަތް ލިބިގަތުމުގައި ކަސްޓަމަރުންނަށް ލުއި ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށެވެ.

މީގެއިތުރުން ޕްލާސްޓިކުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދު ކުރުމަށް މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށް މަތީީން ވިދާޅުވި އެވެ.

އެގޮތުން ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރިފުޅި ބޭނުންކުރުމާއި، ޕްލާސްޓިކް ފުޅިތައް މޫދަށާއި މަގުމައްޗަށް އުކާލެވިގެން ނުދާނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ބޭނުންކުރުމާއި، އަދި ވީ އެންމެ މަތީ މިންވަރަކަށް ތިމާވެއްޓަށް ވާ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރާނެ، އަމާޒަކީ ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުތަކާއި އެއްގޮތަށް މިކުންފުނިއަކީވެސް ޒީރޯ ކާބަން ކުންފުނިއެއްގެގޮތުގައި ފެނިގެން ދިޔުން،" މަތީން ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ ސަބްސިޑަރީ ކުންފުންނި، އައިބީއެމްގެ ތާޒާ ފެނަކީ، ދިވެހިންގެ ތެރޭގައި މަޝްހޫރު އަދި ޑިމާންޑް ބޮޑު ފެނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް