ads
ހިންމަފުށިން ހިއްކާފައިވާ ބިން
މުއިއްޒުގެ ވަޒީރުކަމުގައި ހިންމަފުށިން ހިއްކި ބިމުގައި ކަދުރު ރުއް އިންދާނެ ބަޔަކު ހޯދަނީ
ހިންމަފުށީ ހިއްކި ސަރަހައްދުގައި ކަދުރު ރުއް އިންދާނެ ބަޔަކު ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ

ހިންމަފުށީ ދެކުނު ފަރާތުން 21.6 ހެކްޓަރުގެ ބިން ހިއްކީ ޑރ. މުހައްމަދު މުުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި 2016 ވަނަ އަހަރުއެވެ. 130 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިއްކި މި ބިމުގެ މަސައްކަތް ނިންމާފައިވަނީ 12 ދުވަހުގެ ތެރޭގައެވެ. 

ހިންމަފުށީ ކައުންސިލުން ބުނީ އެ ރަށުގެ ހިއްކި ބިމުގައި 20 ކަދުރު ރުއް އަދި އައު ބަނދަރު ސަރަހައްދުގައި 10 ކަދުރު ރުއް އިންދަން ބޭނުންވާކަމަށެވެ. މި ރުއްތައް ރާއްޖެ ގެނެސް އެ ރަށަށް ގެންގޮސް އިންދުމަކީ މަސައްކަތާއި ހަވާލުވާ ބައެއްގެ ޒިންމާއެއް ކަމަށެވެ. އަދި މު ރުއްތައް ރާއްޖެ އެތެރެކުރުމަށް ނަގަންޖެހޭ ހުއްދަތައް ނެގުމުގެ ޒިންމާއަކީވެސް މަސައްކަތް ހަވާލުވާ ބައެއްގެ ޒިންމާއެއް ކަމަށެވެ.

ހިންމަފުށި ކައުންސިލުން ބުނީ އެރަށް ގެންނަ ކަދުރު ރުކެއްގައި އެންމެ ކުޑަކޮށް 8 ފޫޓް ހުންނަން ޖެހޭނެ ކަމަށެވެ. އަދި 12 ފޫޓަށް ވުރެ ރުއް ދިގުވެގެން ނުވާނެކަމަށްވެސް އެ ކައުންސިލުން ބުނެއެވެ. 

ހިއްކި ބިމުން 288 ގޯތި ދޫކުރީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އެމީހުންނަށް ދޭ ބިންތަކުގެ އިން ވަކި ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. 

ޑރ މުއިއްޒު ހައުސިން މިނިސްޓަރކަމުގައި ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދި ބޮޑުތަކުރުފާނު މަގުގައިވެސް ވަނީ ކަދުރު ރުއް އިންދާފައެވެ. އެ ރުއްތައް އިންދާފައިވަނީ އެމަނިކުފާނު މާލޭ މޭޔަރކަމުގައި ހުންނެވި ދުވަސްވަރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް