ads
ކުޅުދުއްފުށިން ކޮވިޑަށް ޓެސްޓުކުރަން ނެގޭ ސާމްޕަލްތައް ޓެސްޓު ކުރުމަށް ލެބޯޓަރީގައި - ފޮޓޯ:ފައިލް ފޮޓޯ/ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލްކުރެވިފައިވާ ގައުމެއް: ޑަބްލިއުއެޗްއޯ
ރާއްޖެ އަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލްކުރެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފި އެވެ.

މިކަން ހާމަކޮށްފައި ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ކޮށްފައިވާ ޕޯސްޓެއް ގައެވެ.

މީގެ އިތުރުން އެ ޕޯސްޓްގައި ވަނީ ހެޕަޓައިޓިސް ވެކްސިން ދިނުމުގައި ގިނަ އަހަރުތަކެއް މަސައްކަތް ކުރުމުގެ އިތުރުން ރާއްޖޭގެ ގިނަ އަދަދެއްގެ ކުޑަކުދިންނަށް ހެޕަޓައިޓިސް އެ ވެކްސިން ދެވިފައިވާ ކަމަށެވެ.

އަދި  ހެޕަޓައިޓިސް ބީ ފެތުރޭތޯ ބެލުމަށް ކުރިއަށްގެންދިޔަ ސާވޭއިން އުމުރުން 6 އަހަރާއި 7 އަހަރާ ދެމެދުގެ ސްކޫލް ކުދިންގެ ގައިން އެ ބަލި ފެނިފައި ނުވާތީ ޑަބްލިއުއެޗްއޯ އިން ނިންމީ ކަމުގައި ވެސް އެ ޕޯސްޓްގައި ވެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ހެޕަޓައިޓިސް ބީ އަށް މާބަނޑު މީހުން ގަވާއިދުން ސްކްރީންކޮށް ޕޮޒިޓިވް މީހުންނަށް ފަރުވާ ދިނުމާއި، ޕޮޒިޓިވް މައިންނަށް އުފަންވާ ތުއްތު ކުދިންނަށް ޕްރިވެންޓިވް ތެރަޕީދީ، ކުޑަކުދިން ބަލިން ރައްކާތެރިކުރުމަށް މިހާރުވެސް އަންނަނީ ފިޔަވަޅުއަޅަމުންނެވެ.

ބަލި ޖެހިފައިވާ މީހެއްގެ ހަށިގަނޑުން އެހެންމީހެއްގެ ހަށިގަނޑަށް ވައިރަސް ވާސިލްވުމުން މި ބަލި ޖެހޭ އިރު މިއީ އިންސާނާގެ ފުރަމެއަށް ޖެހޭ ބައްޔެކެވެ. މިއީ ގައިން ގަޔައް އަރާ ނުރައްކާތެރި ބައްޔެކެވެ.

މެލޭރިއާ އަދި ހިމަބިހި އަކީ ވެސް ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމުގައި ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ ބަލިތަކެކެވެ. ދާދި މިދާކަށް ދުވަހު ފެނުނު ފައިލޭރިއާ ބައްޔަކީވެސް ޑަބްލިއު އެޗްއޯ އިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ބައްޔެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް