ads
މާލޭގައި ގޭސްފުޅިއެއް ގޮވައި ހާދިސާއެއް ހިނގުން -- ފޮޓޯ/ އެމްވީކްރައިސިސް
ގޭސް ލީކުވެ، މީހަކަށް އަނިޔާވެއްޖެ
މާލޭގެ އެންޖީބީ ރެސްޓޯރެންޓްގައި ގޭސް ލީކުވެ، ހިނގި ހާދިސާއެއްގައި ޝެފަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެންޖީބީ ނަމަކަށް ކިޔާ ރެސްޓޯރެންޓުގައި ގޭސްފުޅިއެއް ގޮވައި އަނިޔާވީ ސްރީލަންކާއަށް ނިސްބަތްވާ ޝެފަކަށް ކަމަށެެވެ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާވެެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ވެސް ބުންޏެވެ.

އަދި އިތުރު ދެ މީހަކަށް ވެސް އަނިޔާ ލިބުނު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މިހާރު އޭނާއަށް ފަރުވާ ދެމުން އަންނަކަމަށް ވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުދެއެވެ.

your imageގޭސްފުޅި ގޮވި ރެސްޓޯރެންޓު އެތެރެ

މި ކަމާ ގުޅިގެން ފުލުހުން ބުނީ، ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 17:02 ގައި ކަމަށެވެ. މި ހާދިސާގައި އިތުރު ދެ ދިވެހިންނަށް ވެސް އަނިޔާވެފައިވާކަމަށް ފުލުހުން ބުނެއެވެ. އެ މީހުންނަށް ވެސް އަންނަނީ ފަރުވާދެމުން ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ ހާދިސާ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ވަނީ ބުނެފައެވެ. ގޭސްފުޅި ގޮވި ރެސްޓޯރެންޓަކީ ހެންވޭރު ކިނބިގަސްމަގުގައި ހުރި ތަނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް