ads
ކޯލިޝަން އެއްބަސްވި ގޮތަށް ޕީއެންސީ އަމަލެއް ނުކުރޭ، އުޅެނީ ވަކި ބަޔަކަށް ޓިކެޓް ދޭން : ޝަ
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީއާއެކު އެމްއެންޕީ އަދި އެމްޑީއޭ ކޯލިޝަނުން ހެދި އެއްބަސްވުމާއި އެއްގޮަތަށް ޕީއެންސީންް އަމަލުނުކުރާކަމަށް އެމްއެންޕީގެ މެމްބަރު އަހްމަދު ޝަރީފް ( ސައިރިކްސް ޝަރީފް ) ވިދާޅުވެއްޖެއެވެ

މީގެކުރިން ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމްވެސް ވަނީ ޕީއެންސީ، އެމްޑީއޭ އަދީ އެމްއެންޕީ ދެމުގައި އެއްބަސްވުމެއް އޮތްކަން ހާމަކުރައްވާފައެވެ. އޭރު އަބްދުއްރަހީމް ވިދާޅުވީ ކޯލިޝަނުން ވާދަކުރާ މެންބަރުންވެސް ޕީއެންސީ ޕްރައިމެރީގައި ބައިވެރިވާން ޖެހޭނެކަމަށެވެ. 

ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އެ ކޯލިޝަނުން ހުޅުދޫ ދާއިރާގައި ވާދަކުރަން ނަން ހުށައަޅާފައިވާކަމަށެވެ. އެހެންނަމަވެސް ޕްރައިމެރީއަށް ނުގޮސް ޕީއެންސީ ވަކި މީހަކަށް ޓިކެޓް ދޭން އުޅޭކަމަށް ޝަރީފް ވަނީ ތުހުމަތު ކުރައްވާފައެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ޕީއެންސީން ހުޅުދޫ ދާއިރާއަށް ނުކުތުމަށް މިހާރު ވަރަށް ބޮޑަށް ފާޅުގައި ކެމްޕެއިން ކުރައްވަމުން އަންނަ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ގެ ވާހަކައެވެ.

 

ޝަރީފްގެ މި ތުހުމަތާއި އެކު ކޯލިޝަން އެއްބަސްވުން އާއްމުކޮށް އިތުރު ވާހަކަތަކެއްވެސް ވަނީ ފެންމަތިކޮށްފައެވެ. އެގޮތުން 3 ޕާޓީގެ ކޯލިޝަނުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް 3 ޕާޓީ ހިމެނޭ ގޮތަށް ހަދަންޖެހޭ ކޮމެޓީ މިހާތަނަށްވެސް ހަދާފައި ނުވާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ޕްރައިމެރީގެ ވޯޓާސް ލިސްޓް ނުލިބޭކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ. 

ސަރުކާރު ހިންގާ ޕީއެންސީން ވަނީ އެޕާޓީގެ މަޖިލިސް ޕްރައިމެރީ ބާއްވަން ނިންމި ތާރީހު ތިން ފަހަރަށް ފަސްކޮށްފައެވެ. އެންމެ ފަހުން ދިން ތާރީހަކީ މިމަހުގެ 27 އެވެ. އަދި މިހާރު ވޯޓާސް ލިސްޓް އާއްމުކޮށްފައިވާނެކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް