ads
ސަމާލު؛ ރޯދަ އަށް ތަކެތީގެ އަގު މައްޗަށް..!
ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ދާދި ކުޑަ މުސާރައެއް ލިބެމުން އަންނަ ބަޔެކޭ ބުނުން އެއީ ދޮގަކަށް ނުވާނެ އެވެ.

މީގެ ތެރެއިން ގިނަ މީހުނަންނަކީ މާލޭގައި ކުލިދައްކައިގެން ދިރިއުޅެމުން އަންނަ ބަޔެކެވެ. ލިބޭ މުސާރައިގެ ބޮޑު އެއްޗެއް ގޭގެ ކުޔަށް ދައްކައިގެން ބާކީވާ އެއްޗަކުން އެއްފަހަރު ނުކައި އަނެއް ފަހަރު ކައިގެން ދިރިއުޅޭ މީހުންނަކީ މަދުބަޔެކޭ ނުބުނެވޭނެ އެވެ. 

8000 ރުފިޔާ ލިބޭ މީހާ ގޭ ކުލި ދައްކައިގެން އުޅޭނަމަ އެ މީހާގެ ޒަރޫރީ ބޭނުންތައް ނުފުދިގެން އުޅުމަކީ އެއްގޮތަކަށް އާ ކަމެއް ނޫނެވެ. 

ފިހާރަޔަކަށް ވަދެ ކައިބޮއި ހަދަން ބޭނުންވާ ޒަރޫރީ އެއްޗެހި ގަނެ ނިމޭ އިރު 1000 ރުފިޔާ ނާރާ ނުދާކަމީ އެންމެންވެސް ގަބޫލުކުރާކަމެކެވެ. ދެން އަނެއްކާ ކަރަންޓު ބިލް ފެން ބިލް ދައްކާ ނިމޭ އިރު މީހާގެ އަތުގައި ހޭދަ ކޮށްލާނެ 2 ރުފިޔާވެސް ނޯންނަކަމީ އާންމުކޮށް އިވިގެންދާ ވާހަކައެ ކެވެ. 

ހަރަދުތައް މައްޗަށް ގޮސް އާމްދަނީ ދަށްވުމުން މާލީ ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މި އިމްބެލެންސްގެ ސަބަބުން އަސާސީ ބޭނުންތައް ފުއްދައިދިނުމައް ދަތިވެ، ދަރަނި އިތުރުވެ، ރައްކާކުރެވޭ މިންވަރު މަދުވެގެންދެ އެވެ. ބަޖެޓް އަލުން ވަޒަންކުރުމާއި، ހަރަދުތަކަށް އިސްކަންދިނުމާއި، މާލީ ހަމަޖެހުން ހޯދުމަށްޓަކައި އާމްދަނީ އިތުރުކުރެވޭނެ ނުވަތަ ހަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.

your imageބާޒާރުކުރުމުގައި ޕްލާސްޓިކް ކޮތަޅުގެ ބޭނުން ކުރަނީ: ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދު ކަށަވަރުކުރުމަށް ރިކޯޑު ބެލެހެއްޓުމުގެ ގަވާއިދު ވަނީ ގެޒެޓްކޮށްފައި - ފޮޓޯ:ސީއެންއެމް

މިކަމުގެ ސަބަބުން އިންސާނާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ އެވެ. އެ ގޮތުން ފުރަތަމަ ކަމަކަށް އާމްދަނީއާއި ހަރަދާއި ދެމެދުގައިވާ ފަރަގުގެ ސަބަބުން މާލީ ސްޓްރެސް އުފެދި ދުޅަހެޔޮކަމަށް އަސަރުކޮށް އެކަމާއި ވިސްނާ ފިކުރުކުރުމުގެ ސަބަބުން މީހާ އަށް ގެއްލުން ދެނިވި އެތަށް ކަމެއް ކުރެވެދެއެވެ. މީގެ އިތުރުން މީހާގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭންކުތަކުން ލޯނުނަގާ ގާތް މީހުން އަތުން ލޯނު ނެގުމުގެ ސަބަބުން މީހާ އިތުރަށް ދަރަނިވެރިވެގެން ދެއެވެ. ކުރަން ޖެހޭ ހަރަދުތައް ބޮޑު ވުމުގެ ސަަބަބުން ކުރިޔަށް އޮތް ތަނަށް ފައިސާ ރައްކާކުރުމުގެ ފުރުސަތު އެކޮށް ހަނިވެގެން ދިއުންވެސް އެއީ މިކަމުގެ ސަބަބުން މީހާއަށް ލިބެގެންދާ ވަރަށް ބޮޑު ގެއްލުމެކެވެ. 

އާމްދަނީ ދަށްވުމުން ކުރިމަގުގައި ކުރިއެރުމަށް އިންވެސްޓް ކުރުމުގެ ގާބިލުކަން ހަނިވެ ކުރިމަގަށް ހާސިލް ކުރަން ނިންމާފައިވާ މާލީ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ އެވެ. ސިއްހީ ފަރުވާ، ތައުލީމު، ނުވަތަ ބޯހިޔާވަހިކަން ފަދަ ކުރަންޖެހޭ ހަރަދުތައް ކުޑަކުރަން ފަރުދުންނަށް މަޖުބޫރުވެ، ޖުމްލަ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުތަކެއް މިކަމުގެ ސަބަބުން ކޮށްފާނެކަމީ އެންމެން ގަބޫލުކުރަން ޖެހޭނެކަމެކެވެ. މާލީ ދަތިކަމުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް އަސަރުކޮށް، ސްޓްރެސްއާ ގުޅުންހުރި މައްސަލަތަކަށް މަގުފަހިވެދާނެ އެވެ.

މި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި ބަޖެޓެއް އުފެއްދާ، ކޮންމެހެން ބޭނުންވާ ހަރަދުތަކަށް އިސްކަންދިނުމާއި، އިތުރު އާމްދަނީގެ މަގުތައް ހޯދުމާއި، ހާލަތާއި ގުޅޭ ގޮތެއްގައި ކުރިއަށް ގެންދިއުމަށް މާލީ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން ސަރުކާރުން މިކަން ހައްލު ކުރަމަށް ރަނގަޅު ނިޒާމެއްގެ ދަށުން މުސާރައަށް ބަދަލުތަކެއް ގެނެސް ވަކި މިންވަރެއްގައި ކުލިތައް އަދި ތަކެތީ އަގުތައް ކޮންޓްރޯލު ކުރުމަކީ މުހިންމު ކަމެކެވެ.  

ކުރިއަަށް އޮތީ މުދަލުގެ އަގު ރަނަށްވާ "ރޯދަ" މަހެވެ. އަދި ކިއެއްތަ އަތުގައި ނެތް މާލީ ހަރަދު ބޮޑު ކާބޯތަކެތިން އިސްރާފު ކުރުން ގިނަ މަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް