ads
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ
އަންނަ ހަފްތާގައި ރަސްގެފާނު ޗާލްސް ހޮސްޕިޓަލުގައި އެޑްމިޓްކުުރާނެ
އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ ސިއްހީ ފަރުވާއަށް ހޮސްޕިޓަލުގައި އެޑްމިޓްކުރަން ހަމަ ޖެހިފައިވާކަމަށް ބަކިންގްހަމް ޕެލެސްސުން ބުނެފި އެވެ.

ބަކިންގްހަމް ޕެލެސްސުން ބުނާ ގޮތުގައި ރަސްގެފާނު ޗާލްސްގެ ޕްރޮސްޓޭޓް ދުޅަވެފައިވާ ކަމަށާއި ހޮސްޕިޓަލުގައި އެޑްމިޓް ކުރަނީ އެކަމުގެ ފަރުވާއަށެވެ.

ރަސްގެފާނަށް ކުރިމަތިވެފައި ވަނީ ސީރިޔަސް ސިއްހީ މައްސަލައެއް ނޫން ކަމަށާއި އޭނާގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރިވެފައި ނުވާ ކަމަށް ވެސް ގަނޑުވަރުން ހާމަކުރެއެވެ.

މީގެ އިތުރަށް ޝާހީ ގަނޑުވަރުން ބުނެފައިވާ ގޮތުގައި ޕްރޮސްޓޭޓް ދުޅަވުމުގެ މައްސަލައަކީ ކޮންމެ އަހަރަކު ވެސް އެތަކެއް ހާސް ފިރިހެނުންނަކަށް ކުރިމަތިވާ އާންމު މައްސަލައެކެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މިއީ ޕްރޮސްޓޭޓް ކެންސަރަށް މަގުފަހިކުރުވާ ކަމެއް ނޫނެކެވެ.

ޗާލްސް ޕްރޮސްޓޭޓަށް ފަރުވާ ހޯއްދަވަން ނިންމެވި އިރު، ދޮށީ ދަރިކަލުން އަދި ތަހުތާ މިހާރު އެންމެ ގާތުގައި ހުންނެވި ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން ވެސް މި ވަގުތު އޮންނެވީ ސާޖަރީއެއް ކުރައްވައިގެންނެވެ.

ޗާލްސް އިނގިރޭސިވިލާތުގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވީ 2022 ގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ މަންމާފުޅު ރާނީ އެލިޒަބަތު ދޭއް އެ މަހުގެ 8 ގައި އަވަހާރަވުމާ ގުޅިގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް