ads
އަތޮޅު ހޮސްޕިޓަލުގެ ނަން ވިލިނގިލީ ހެލްތު ޕޯސްޓުގެ ނަމަށް ބަދަލުކޮށްފައި.
ރައްޔިތުން ރުޅިގަދަވެ، ގއ. އަތޮޅު ހޮސްޕިޓަލްގެ ނަންބޯޑުގައި ހެލްތްޕޯސްޓް ޖަހައިފި
ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ހިދުމަތް ދިނުން ލަސްކަމަށް ބުނެ، ރައްޔިތުން ނުކުމެ މުޒަހަރާކޮށް އަތޮޅު ހޮސްޕިޓަލްގެ ނަން ވިލިނގިލީ ހެލްތްޕޯސްޓަށް ބަދަލުކޮށްފި އެވެ.

ވިލިނގިލީގައި ރައްޔިތުން ނުކުމެ މުޒާހަރާ ކުރަމުން ދަނީ، އިތުރު ފަރުވާއަށް މާލެ ފޮނުވަން ޖެހޭ ހާލު ބޮޑު ބަލިމީހަކު ފުރުވާލުން ލަސްވަމުންދާތީ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ކަރުދާސްގަނޑެއްގައި "ގއ. ވިލިގިލީ ހެލްތު ޕޯސްޓު" ޖަހައި، އަތޮޅު ހޮސްޕިޓަލްގެ ނަންބޯޑު މަތީގައި ތަތްކޮށްފަ އެވެ.

ހޮސްޕިޓަލް ކުރިމަތީގައި މުޒާހަރާ ކުރަމުންދާ މީހުން ބުނަނީ ބަލިމީހާއަށް އިތުރު ފަރުވާ ބޭނުންވާތީ މާލެ ގެންދިއުމަށް ޑޮކްޓަރު އަންގަވާފައިވީ ނަމަވެސް، ބަލިމީހާ ފުރުވާލުން ލަސްވަނީ ހޮސްޕިޓަލްގެ ފަރުވާ ކުޑަކަމުން ކަމަށެވެ.

އަދި ވިލިނގިއްޔަކީ އާބާދީ ބޮޑު އަދި އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމުގައި ވީ ނަމަވެސް، އަތޮޅުގެ އެހެން ބައެއް ރަށްތަކަށް ވުރެ އަތޮޅު ހޮސްޕިޓަލްގެ ހާލަތު ގޯސް ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މި މައްސަލައާއި ގުޅިގެން ބަލި މީހާ ފުރުވާލުމަށް ހޮސްޕިޓަލުން ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ވާ ކަމަށާއި، އެކަން ލަސްވަނީ ފްލައިޓް އައުން ލަސްވެގެން ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް