ads
މިނިސްޓަރު އިބްރާހިމް ވަހީދު
ފަންނިއްޔާތުގެ ދާއިރާއިން 500 މީހުން ތަމްރީން ކުރަނީ
އައިޓީއާއި ފަންނިއްޔާތުގެ ދާއިރާއިން 5 އަހަރުތެރޭ 500 މީހުން ތަމްރީންކުރާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެ އެވެ.
Advertisement

ވަޒީރު މިހެން ވިދާޅުވީ، ފަންނިއްޔަތުގެ ދާއިރާއިން އަންހެނުން ބިނާކުރުމާއި، ކޯޑިންގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމަށް ފަށާ ޕްރޮގްރާމްގާއި ގުޅޭގޮތުން ކަމާގުޅުންހުރި ދާއިރާތަކުގެ މެދުގައި ބޭއްވި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގަ އެވެ.

އައިޓީ ދާއިރާތަކުގައި ވަރަށް ގިނަ ފުރުސަތުތައް އެބަހުރިކަމަށާއި ކުރިމަގުގައި ރާއްޖެ ތަރައްޤީވެގެން އަންނައިރު އައު އީޖާދީ ވިސްނުންތެރިން ބޭނުންވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އައިޓީއާއި ފަންނިއްޔަތުގެ ދާއިރާއިން 5 އަހަރުތެރޭ 500 މީހުން ތަމްރީންކުރުމަކީ ވަރަށް ބޮޑު މަސައްކަތެއް. މި ދައްކަނީ އަހަރަކު 100 މީހުންގެ ވާހަކަ. މިއީ ހާސިލް ނުކުރެވޭނެ އަމާޒެއް ނޫން." ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

ހުނަރު ދައްކާލަން ފުރުސަތު ނުލިބުމާއި އެކަށޭނަ އުޖޫރައެއް ނުލިބުމަކީ ގިނަ ބަޔަކު މިދާއިރާގައި ރާއްޖެ ދޫކޮށްދިޔުމަށް މެދުވެރިވާ ސަބަބުތަކެއް ކަމަށާއި ސަރުކާރުން މި ފަށާ ޕްރޮގްރާމް ގެ ސަބަބުން ދުރުރާސްތާގައި ރާއްޖޭގެ އައިޓީ ދާއިރާއިން ބޮޑު ބަދަލެއް ފެންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވަހީދު ވިދާޅުވެފައި ވަނީ މީހުން ބިނާކުރުމުގެ މިޕްރޮގްރާމަކީ ސިލްސިލާ ޕްރޮގްރާމެއް ކަމަށާއި ވޯކިން ސެޝަންތަކާއި ހެކަތޯނެއްވެސް މިމަހު ލޯންޗްކުރާނެކަމަށެވެ. އަދި ހެކަތޯން އޮންނާނީ އަންނަ މަހުގައި ކަމަށާއި ރަނގަޅު މަސައްކަތެއް ކުރެވިއްޖެނަމަ، އައިޓީގެ ވަރުގަދަ ސިކުނޑިތައް ރާއްޖޭގައި ހިފެހެއްޓޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މީހުން ބިނާކުރުމުގެ މިޕްރޮގްރާމަކީ ސިލްސިލާ ޕްރޮގްރާމެއް. ވޯކިން ސެޝަންތަކާއި ހެކަތޯނެއްވެސް މިމަހު ލޯންޗްކުރާނަން. ހެކަތޯން އޮންނާނީ އަންނަ މަހު. ރަނގަޅު މަސައްކަތެއް ކުރެވިއްޖެނަމަ، އައިޓީގެ ވަރުގަދަ ސިކުނޑިތައް ރާއްޖޭގައި ހިފެހެއްޓޭނެ." ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

މިޕްރޮގްރާމްގައި ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި، އެޑްވާންސާއި ޑިޕްލޮމާ އަދި ބެޗެލަރސް ޑިގްރީ ފެންވަރަށް ޒުވާނުންނާއި އަންހެނުން ތަމްރީންކުރަން ހަމަޖެހިފައިވާއިރު އައިޓީއާއި ފަންނިޔާތުގެ ދާއިރާއިން ޒުވާނުންނާއި އަންހެނުން ބިނާކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުގެ ހަފްތާ 14ގައި ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް