ads
ކޮންމެ ވަގުތެއްގައިވެސް އިންޑިޔާއަށް އިހްތިރާމް ލިބެންޖެހޭނެ: ރައީސް ނަޝީދު
ކޮންމެ ވަގުތެއްގައި ވެސް އިންޑިޔާއަށް އިހްތިރާމް ލިބެންޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިން އަމިއްލަ ވެރިކަމެއް ހޯދާފައިވަނީ ހަރުދަނާ އަދި ރޭވުންތެރި ބަޔަކަށް ވާތީ ކަމަށާއި އެއީ ގަދަބާރުން ހޯދި އެއްޗެއް ނޫން ކަމަށެވެ. 

"ސަރުކާރުގެ ދުރު ވިސްނުމެއް ނެތި މޭ ފުއްޕާފައި އުޅޭނަމަ އަޅުގަނޑުމެންނަށް ތަކުލީފު ލިބޭނެ. އިންޑިއާއަކީ އަހަރެމެންގެ އަވަށްޓެރި އަދި ރަހުމަތްތެރި ގައުމެއް. ރާއްޖެއަށް އަބަދުވެސް އިންޑިއާގެ އިހްތިރާމް ލިބެންޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވިއިރު މި މަހުގެ 15 ވަނަ ދުވަހުގެ ކުރިއަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ރައީސް ޑރ. މުއިއްޒު ވަނީ އެ ގައުމަށް އަންގަވައިފަ އެވެ. އެ ކަމުގެ މަޝްވަރާތަކަށް، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރާއެކު ހާރިޖިއްޔާއިން ބައްދަލުވުންތަކެއް ވެސް ވަނީ ބާއްވައިފަ އެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތުތައް ރަގަޅު ނަމަވެސް އިންޑިއާ ސިފައިން ބާލައިގެން ނުވާނެ ކަމަށް ކުރިން ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހި ކަމާއެކު ބޭއްވުމަށް ވަރަށް ބޮޑަށް ނަޝީދު އަންނަނީ ބާރުއަޅުއްވަމުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް