ads
ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖެއިޝަންކަރު—
މިނިސްޓަރު ޒަމީރު އިންޑިއާގެ ޖައިޝަންކަރު އާއި ބައްދަލުކުރައްވައިފި
ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖެއިޝަންކަރު އާއި ބައްދަލުކުރައްވައިފި އެވެ.

ރާއްުޖެއާއި އަވައްޓެރި އިންޑިއާގެ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާއި ބައްދަލުކުރައްވާފައިވަނީ މިހާރު ޔުގަންޑާގައި ކުރިއަށްދާ ނޮން އެލައިންޑް މޫވްމަންޓް(ނޭމް)ގެ ހަވާސާގެ ތެރެއިންނެވެ.

ބައްދަލުވުމަށް ފަހު މިނިސްޓަރު ޒަމީރު "އެކްސްް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެގައުމުގެ މެދުގައި މަތީފަންތީގެ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

އޭގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި އިންޑިއާއިން ކުރިއަށްގެންދާ މަޝްރޫއުތައް އަވަސްކުރުމަށާއި، ސާކް އަދި ނޭމްގައި އެއްބާރުލުން ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް