ލަންކާގެ ބޮޑުވަޒީރާ މަޖިލީހުގެ ރައީސް ބައްދަލުކުރެއްވީ އެމަނިިކުފާނު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މަޖިލީހުގެ ރައީސް ލަންކާއަށް ކުރައްވަމުންދާ ދަތުރުފުޅަކީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަަތަކަށް ކުރައްވަމުންދާ ދަތުރުފުޅެކެވެ.
ލަންކާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން އެ ޤައުމުގެ ބައެއް އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް މި ދަތުރުފުޅުގައި ވަނީ ބައްދަލުކުރައްވާފަ އެވެ.
އެ ދަތުރުފުޅުގެ ތެރެއިން އަސްލަމް ވަނީ އެގައުމުގެ ކުރީގެ ރައީސް، މަހިންދަ ރާޖަޕަކްސައާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
އަސްލަމްގެ އަރިހުގައި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ އިތުރުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވެސް ބައިވެރިވެޑައިގަންނަވަ އެވެ.
އެ ދަތުރުފުޅުގައި ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހަސް ޒިޔާރަތް ކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ވެސް އަސްލަމް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.