ads
މާލޭގައި ބޭއްވި ނައިޓް މާކެޓް
"ހިޔަލަ ވީކެންޑް މަރކެޓް" ރަސްމީކޮށް މިރޭ ފަށަނީ
"ހަފްތާ-14"ގެ މަގު ޗާޓުގައިވާގޮތަށް އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ "ހިޔަލަ ވީކެންޑް މަރކެޓް" މިއަދު ހަވީރު ފަށަން ތައްޔާރު ވެއްޖެ އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މި މަރކެޓް، ދެން ކޮންމެ ހަފްތާ ބަންދެއްގައި ވެސް ކުރިއަށް ދާނެ އެވެ. 

އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ބާއްވާ މި ވީކެންޑް މަރކެޓް ކުރިއަށްދާނީ ހުޅުމާލޭ، ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ކޮންޓެއިނަރ ޕާކު ސަރަޙައްދުގަ އެވެ. 

މި މަރކެޓް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 8:30ގަ އެވެ. މި މަރކެޓް ރަސްމީކޮށް ފައްޓަވައި ދެއްވާނީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢާއިޝަތު ޝިހާމް އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މި މަރކެޓް ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު، މި ދެދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ. "ހިޔަލަ ވީކެންޑް މަރކެޓް"ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވެއިޓް ލިސްޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން މި މަރކެޓުގައި ބައިވެރިވާން ބޭނުންވާ އަންހެން ވިޔަފާރިވެރިންނަށް ބީސީސީން މިކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް، ވެއިޓްލިސްޓް ކުރެވޭނެ އެވެ.

"ހިޔަލަ ވީކެންޑް މަރކެޓް"ގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމުގައި، އެޗްޑީސީ، އާރުޑީސީ، އެސްޑީއެފްސީ އަދި އެމްއޭސީއެލްއިން ބޮޑު އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް