ads
ފުވައްމުލަކު އެއާޕޯޓް ބޮޑުކުރުމާ ބެހޭ މައުލޫމާތު އާރުއޭސީއެލްގެ އެމްޑީ މުބީން ދެއްވަނީ
ފުވައްމުލަކު އެއަރޕޯޓްގެ ރަންވޭދިގުކޮށް އެއަރޕޯޓް ބޮޑުކުރަން ނިންމައިފި
ފުވައްމުލަކުގައި ރައީސް ނަޝީދު ސަރުކާރުން ހަދާފައިވާ އެއާޕޯޓް ބޮޑުކުރުމަށްޓަކައި އެކަމުގެ މަޝްވަރާތައް ކަމާގުޅޭ ދާއިރާތަކާ އެކުގައި އިއްޔެ ފަށައިފި އެވެ.

މި މަޝްވަރާތައް އިއްޔެ ފެށުމުގެ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލުކޮށް ރީޖިނަލް އެއާޕޯޓްސް އިން ވަނީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ފުވައްމުލަކުސިޓީ އެއަރޕޯޓު ރަންވޭގެ އޮރިއެންޓޭޝަން ބަދަލުކޮށް ރަންވޭދިގުކުރުމާއި ގުޅޭގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލުކޮށް މައުލޫމާތު ބަދަލުކޮށްފައި އެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގައި ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގައި ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގައި އެއާޕޯޓުގެ ރަންވޭ ބޮޑުކުރެވެން ހުރި އޮޕްޝަންސްތައް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑައިރެކްޓަރ އަހްމަދު މުބީން ވަނީ ކައުންސިލާ ހިއްސާކުރައްވައިފަ އެވެ. 

އަދި ފުވައްމުލަކު ސިޓީ އެއާޕޯޓް ތަރައްގީގެ މާސްޓާ ޕްލޭނާ ބެހޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި އެ ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. 

ފުވައްމުލަކު ސިޓީ އެއާޕޯޓަށް ކުރިއަށް އޮތްތަނުގައި އަންނާނެ ތަރައްގީގެ ތެރޭގައި:

  • ރަންވޭ އޮރިއެންޓޭޝަން ބަދަލުކޮށް ޖެޓްޖެއްސޭވަރަށް ރަންވޭބޮޑުކުރުން
  • ޖެޓް ޕާކިންއަށް ހާއްސަކޮށް އޭޕްރައިން ޖާގަ އިތުރު ކުރުން
  • ޖެޓް ފިއުލް ލިބޭނެ އިންތިޒާމު ހަމަޖެއްސުން
  • ފްލައިން ސްކޫލެއް ގާއިމް ކުރުން

މި ބައްދަލުކުރުމުގެ އެންމެ މުހިންމުކަމެއްގެ ގޮތުގައި ފުވައްމުލަކު ސިޓީ އެއާޕޯޓާއި އިންވެގެން ދެކުނަށް އޮންނަ ހުސްބިމުގައި ޓުވަރިޒަމް ޒޯނެއް ގާއިމް ކުރުމަށް ދެ ފަރާތުގެ ދެމެދުގައި ވާހަކަދެކެވިގެން ކުރިއަށްގެންދިޔުމަށް އެއްބަސްވެވުނު ކަމަށް ސަރަހައްދީ އެއާޕޯޓްތައް ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސް ކުންފުނިން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް