ads
ކްރިމިނަލް ކޯޓު ހުއްޓުމުގެ ކަންބޮޑުވުން ރައީސްއާ ހަމައަށް
ކްރިމިނަލް ކޯޓު ހުއްޓިފައި އޮތުމުން ކަންބޮޑުވުން ފާޅު ކުރައްވައި އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާން ގޮވާލައިފި އެވެ.

ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބާވެ އެ ކޯޓުގެ ޝަރީއަތްތައް ހުއްޓި، މާލޭ ސަރަހައްދުގެ ޖިނާއީ ހުރިހާ މައްސަލަތަކެއް ހުއްޓިފައި އޮތުމުން ކަންބޮޑުވުން ފާޅު ކުރައްވައި އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އުއްތަމަ ފަނޑިޔާރު، ގޮވައިލެއްވީ، ޖުޑީޝަލް އަހަރު ފާހަގަ ކުރުމަށް ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކްރިމިނަލް ކޯޓު ހިންގަމުންދިޔަ އިމާރާތް ބާވެ، އެތަނަކީ މީހުން ހާޒިރުކޮށް މަސައްކަތް ކުރަން އެކަށީގެންވާ އިމާރާތަކަށް ނުވާތީ އެ ކޯޓުގެ މަސައްކަތްތަކާއި ޝަރީއަތްތައް ހުއްޓިފައިވާ ކަމަށެވެ.

"މިހާރު ވެސް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކޯޓުން ކޮންމެހެން ނެރެންޖެހޭ އަމުރުތައް ނެރުމަށްޓަކައި މީހުން ހާޒިރު ކުރާނެ، ފަނޑިޔާރުން އިށީނދެވަޑައިގަންނަވާނެ އަދި މުވައްޒަފުން ތިއްބަވާނެ ތަނެއް ނެތްކަން ފާހަގަ ކުރަން، ނަތީޖާއަކީ ޖިނާއީ ހުރިހާ މައްސަލަތައް މާލޭގައި މިވަގުތު ހުއްޓިފައިވުން. މިކަމަކީ މިހާރުން މިހާރަށް ދައުލަތުގެ އެންމެހައި ފަރާތްތައް ގުޅިގެން އަވަސް ހައްލެއް ހޯދައިދޭންޖެހޭނެ ކަމެއް."

ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ހުއްޓުމަކަށް އައީ މިދިޔަ ޑިސެމްބަރު 31، ގައި މާލެއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ ސަބަބުންނެވެ. އެ ވިއްސާރައިގައި ކްރިމިނަލް ކޯޓުގެ ސީލިންގެ ހުރިހާ ދިމާލަކުން އެތެރެއަށް ފެން ވަދެ، ކޯޓުގެ ސާވާ ވެސް ވަނީ އެއްކޮށް ހަލާކުވެފަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެ ކޯޓުގައި ހަމައެކަނި ކުރިއަށް ގެންދަނީ ހައްޔަރު ކުރާ މީހުންގެ ބަންދު މުއްދަތު ޖެހުމާމެދު ގޮތެއް ނިންމުމުގެ އަޑުއެހުންތައް އެކަންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް