މި ތަމްރީން ޕްރޮގްރާމްތައް އެންމެ ފުރަތަމަ ކުރިއަށްދާނީ ގއ. އަދި ގދ އަތޮޅުގަ އެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މަޑަވެލީގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ރެސްކިއު ޑައިވަރުން ތަމްރީން ކުރުމަށް ކަނޑައެޅި ހަ ފަރާތަކާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މަޑަވެލީގައި ބޭއްވި މި ރަސްމިއްޔާތުގައި ރެސްކިއު ޑައިވަރުން ތަމްރީން ކުރުމަށް ކަނޑައެޅި ފަރާތްތަކާއެކު މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެގޮތުން ޖުމްލަ 6 ޕާޓީއަކާއެކު ތަމްރީން ކުރިއަށްގެންދިއުމަށް އެއްބަސްވެފައިވެ އެވެ.
މަސްވެރި ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވެރެއް ބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމަށް އެ މަނިކުފާނުގެ ހަފްތާ-14 ނުވަތަ ފުރަތަމަ 100 ދުވަހު ހާސިލް ކުރަން ބޭނުންވާ ލަނޑުދަނ ތަކުގެ ތެރޭގައި ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގުން ހިމަނާފައިވެ އެވެ.
މަސްވެރި ކޮންމެ އުޅަނދެއްގައި ތަމްރީން ލިބިފައިވާ ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ބޭނުމަކީ ފުޅިއަޅާއިގެން ފީނާ ފަރާތްތަކަށް އަޑިއަށް ފީނުމުގެ ސަބަބުން ދިމާވާ އެކިއެކި ކަންކަމަށާ، އެފަރާތްތަކުގެ ފުރާނަ ސަލާމްމަތް ކުރުމުގެ ބޭނުމުގައި ސަރުކާރުން ކުރާ މަސައްކަތެކެވެ.