އެމަނިކުފާނު މި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވީ ޔުގާންޑާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ސަމިޓު ކުރިއަށްދަނީ ޔުގަންޑާގެ ވެރިރަށް ކަމްޕާލާގަ އެވެ. މި ސަމިޓުގައި އެމަނިކުފާނު ތަގުރީރު ކުރައްވާނެ ކަމަށް ރައީސްގެ އޮފީހުން ވިދާޅުވެ އެވެ.
ނާމްގެ 19 ވަނަ ސަމިޓުގެ އިތުރުން "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތު ސަމިޓްގައި ވެސް ރައީސްގެ ނައިބު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެ ސަމިޓުގައި ވެސް އެމަނިކުފާނު ތަގުރީރު ކުރައްވާނެ ކަމަށް ރައީސްގެ އޮފީހުން މައުލޫމާތު ދެއެވެ.
ޖުމްލަ 120 މެންބަރު ގައުމު ހިމެނޭ ނާމްގެ މެންބަރު ޤައުމަކަށް 1976 ވަނަ އަހަރު ދިވެހިރާއްޖެ ވީފަހުން ރާއްޖެއަކީ ނާމްގައި ވަރަށް ހަރަކާތްތެރި ގައުމެކެވެ.