ads
އެފްއޭއެމް ކޮންގެރެސްގައި އޮންނަނީ 35 ވޯޓް. މެޖޯރިޓީއަކީ 18 ވޯޓް.
އެފްއޭއެމްގެ ކޮންގްރެސްގައި އޮންނަނީ 35 ޥޯޓެވެ. ކޮންގެރްސްގެ މެޖޯރިޓީއަކީ 18 ވޯޓެވެ. މިއީ ސްޓެޓިއުޓްސް އިން ކަށަވަރު ކޮށްދީފައިވާ އަދަދެވެ. ސްޓެޓިއުޓްސްއަށް ބަދަލުގެނައުމަކީ ކޮންގްރެސްގެ ހަތަރުބައިކުޅަ ތިންބައިގެ ވޯޓުން ނޫނީ ކުރެވޭނެ ކަމެއްނޫނެވެ. މާލޭގައި ކުޅޭ ކުލަބުތަކަށް 26 ވޯޓް އޮންނައިރު، ޒޯން ކުލަބުތަކަށް 9 ވޯޓް އޮންނަކަމީ، 22 ވަނަ މާއްދާގެ ކްލޯސް 1 ގެ a ން c ށް ކަޅާއިހުދުން ކަނޑައަޅާފައި އޮންނަ ސާފު އަދަދުތަކެވެ.

އެފްއޭއެމްގެ ކޮންގްރެސްގެ ވޯޓު ބެހިފައިވަނީ ތިންބަޔަކަށެވެ. އެއީ މާލޭގައި ކުޅޭ އެއްވަނަ ޑިވިޒަންގެ އަށް ކުލަބަށް، ކުލަބަކަށް ދެ ވޯޓްގެމަގުން 16 ވޯޓާއި، މާލޭގައި ކުޅޭ ދެވަނަ ޑިވިޒަންގެ ދިހަ ކްލަބްގެ ދިހަ ވޯޓާއި، ރާއްޖެތެރެއަށް އޮތް ޒޯންތަކުގެ ނުވަ ވޯޓެވެ. ޖުމްލަ 35 ވޯޓެވެ.

އެއްވެސް ކެންޑިޑޭޓަކަށް މެޖޯރިޓީއެއް ނުލިބުނު

އިންތިހާބުގެ ނަތީޖާ އަންދާޒާކުރެވެނީ، ކެންޑިޑޭޓުންގެ މެދުގައި ވޯޓު ބެހިގެންދާގޮތުންނެވެ. ދެ ކެންޑިޑޭޓް ކުރިމަތިލާފައިވެއެވެ. ބައްސާމް ފަޅިން ކުރިމަތިލާފައިވަނީ އީގަލްސްގެ މުފައްވިޒް ހާޝިމެވެ. ސަރުކާރު ފަޅިން ކުރިމަތިލާފައިވަނީ މަހިބަދޫ ދާއިރާގެ މަޖިލިސްމެމްބަރު އަޙްމަދު ތޯރިގެވެ.

  • ބައްސާމް ކެންޑިޑޓަށް އެއްވަނަ ޑިވިޒަންގެ 5 ކުލަބާ، ދެވަނަޑިވިޒަންގެ 3 ކުލަބުން 13 ވޯޓް ހަމަވެއެވެ.
  • ސަރުކާރު ކެންޑިޑޭޓަށް އެއްވަނަ ޑިވިޒަންގެ 3 ކުލަބާ، ދެވަނަ ޑިވިޒަންގެ 7 ކްލަބުން 13 ވޯޓް ހަމަވެއެވެ.

ކޮންމެ ކެންޑިޑޭޓަކަށްވެސް ހަމަވީ އެންމެ 13 ވޯޓެވެ. މިއީ ކޮންގްރެސް މެޖޯރިޓީލިބޭ އަދަދެއް ނޫނެވެ. ކޮންގްރެސްގެ މެޖޯރިޓީ ލިބޭނީ  18 ވޯޓް ހަމަކުރެވޭ ކެންޑިޑޭޓަށެވެ. ވީމާ މެޖޯރިޓީ ލިބޭނީ އަދި އިތުރު 5 ވޯޓް ހޯދޭ ކެންޑިޑޭޓަށެވެ.

ޒޯން ވޯޓު އޮތީ ސިއްރުކޮށްފައި

މިދިޔަ ހަފްތާގައި މާލޭގެ ބައެއް ކްލަބުތަކާ ވާހަކަދެއްކުމުން، އޮޅުންފިލީ ކޮންގްރެސްގެ މެޖޯރިޓީ އަކީ ކްލަބްތަކަށް އޮޅުންފިލާފައި އޮތްކަމެއް ނޫންކަމެވެ. ކޮންގްރެސްގައި ޒޯންތަކަށް 9 ވޯޓް އޮންނަކަމީ، މާލޭ ކުލަބްތަކުން ދެނަހުރިކަމެއް ނޫނެވެ. ޔަގީންކުރެވުނު ކަމަކީ އެފްއޭއެމްގެ ސްޓެޓިއުޓްސް ސިއްރުކޮށްފައިވާކަމެވެ. އެފްއޭއެމްގެ ސްޓެޓިއުޓްއައަކީ އެހެންގައުމުތަކާ ޙިލާފަށް ގޫގްލް ސާޗްއަކުން ހޯދޭ ޑޮކިއުމެންޓެއް ނޫނެވެ. އެފްއޭއެމްގެ ވެބްސައިޓެއް ނޯވެއެވެ. އޮންނަނީ ފޭސްބުކް ޕޭޖެކެވެ. ސްޓެޓިއުޓްސް އޮންނަނީ ސިއްރުކޯްސފައެވެ.

ވީމާ، މާލޭ ކުލަބުތަކަށް ހީވެފައިއޮންނަނީ ކޮންގްރެސްގައި އޮންނަނީ 26 ވޯޓު ކަމަށެވެ. އަދި 14 ވޯޓުން ކޮންގްރެސް މެޖޯރިޓީ ލިބޭނެކަމަށެވެ. ޒޯން ވޯޓް އޮންނަކަމެއް ނުދެނަހުއްޓެވެ! މިއީ އަޖާއިބެއްފަދަ ކަމެކެވެ. މެމްބަރު ކުލަބުތަކަށް ގަވާއިދު އެގެންޖެހެއެވެ. މިއީ ހޭލުންތެރިކަން ކުޑަވުމުން ދިމާވާ ކަމެކެވެ. ގާނޫނީ މައްސަލައެކެވެ. ކޮމިޝަނަރުގެ މަޝްއޫލިއްޔަތެކެވެ. އެކްސްކޯގެވެސް މަޝްއޫލިއްޔަތެކެވެ.  

ސްޓެޓިއުޓްސްގެ އާޓިކަލް 22 "ޑެލިގޭޓްސް އެންޑް ވޯޓްސް"، މި މާއްދާއިން އެފްއޭއެމްގެ އިލެކްޓޯރަލް ކޮލެޖް ގައި ރާއްޖެތެރެ ތަމްސީލްކުރާ 9 ޒޯން ވޯޓް އޮންނަކަން، ޝައްކެއް ނެތް މިންވަރަށް، ބަޔާންކޮށްދީފައިއެވަނީއެވެ.

your imageއެފްއޭއެމް ސްޓެޓިއުޓްސް ގެ އާޓިކަލް 22 ގެ ކްލޯސް 1 ގެ a ، b ، c

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށްގޮވަން މާޒިޔާއަށް ވޯޓުހަމައެއްނުވޭ

ސަރުކާރު ކެންޑިޑޭޓް ތޯރިގަށް ތާއީދުކުރާ ދިހަ ކްލަބުގެ 13 ވޯޓާއި އެކު މާޒިޔާ ސްޕޯޓްސް ކްލަބުން އެކްސްޓަރާ އޯޑިނަރީ ކޮންގްރެސްއަކަށް ވަނީ ގޮވާލާފައެވެ. އެކްސްޓަރާ އޯޑިނަރީ ކޮންގްރެސްއަކަށް ގޮވެނީ ސްޓެޓިއުޓްސްގެ 29 ވަނަ މާއްދާގެ ދަށުންނެވެ. އެމާއްދާގައި ބުނަނީ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ގޮވޭނީ، %50 އަށްވުރެ ގިނަ ވޯޓް ހަމަކުރެވިގެނެވެ. އެކްސްޓަރާ އޯޑިނަރީ ކޮންގްރެސްއަކަށް ގޮވާލަން ބޭނުންވާ 18 ވޯޓް މާޒިޔާއަށް ހަމައެއް ނުވެއެވެ.

your imageއެފްއޭއެމް ސްޓެޓިއުޓްސް ގެ އާޓިކަލް 29 ގެ ކްލޯސް 2

ދެކެންޑިޑޭޓް އެއްވަރުވުމުން، ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބެނީ 13 ވޯޓެވެ. މިއީ މާލޭ ކްލަބުތަކުގެ 26 ވޯޓްގެ ދެބައިކުޅައެއްބައެވެ. މެޖޯރިޓީ ގުނަންޖެހޭނީ ޖުމްލަ ވޯޓުންނެވެ. ޖުމްލަ ވޯޓަކީ ޒޯންތަކުގެ 9 ވޯޓު އެއްކޮށްގެން ހަމަވާ 35 ވޯޓެވެ. އެފްއޭއެމްގެ އިލެކްޓޯރަލް ކޮލެޖަކީ މިއީއެވެ. ވީމާ މެޖޯރިޓީއަކީ 18 ވޯޓެވެ. މާޒިއާއިން އެކްސްޓްރާއޯޑިނަރީ ކޮންގްރެސްއަކަށް ގޮވާލަން އިތުރު ފަސް (5) ވޯޓް ބޭނުންވެއެވެ.

މިފަދަ ހާލަތަކަށް ގޮސްފިނަމަ، އާޓިކަލް 29 ގެ ކްލޯސް 2 ގައި ބުނަނީ އޭއެފްސީ އާއި ފީފާގެ އެހީއަށް އެދެވިދާނެކަމަށެވެ. މާޒިޔާއިން ފީފާ އާއި އޭއެފްސީގެ އެހީއަށް އެދިފައިވާކަމެއް އަދި ޔަގީނެއްނުވެއެވެ.

ފީފާގެ ނިންމުން

އެފްއޭއެމްގެ ހިންގާ ކޮމިޓީން އޯޑިނަރީ ކޮންގްރެސްއަކަށް ގޮވާލުމަށް ބޭނުންވާ ސައްޙަ މެޖޯރިޓީއެއް އޮތްކަމާމެދު އާއި، އަދި ކުއްލި ކޮންގްރެސްއަކަށް ގޮވާލަންޖެހޭ ސަބަބެއްވެސް އޮތްކަމާމެދު ކޮމިޝަނަރްއޮފް ސްޕޯޓްސް ވަނީ ސުވާލު އުފައްދާފައެވެ. ވީމާ ކޮމިޝަނަރ ވަނީ އިންތިޚާބު ފަސްކުރަން އަންގަވާފައެވެ.

ހަފްތާ ނިމުނުއިރު ތުންތުންމަތިން އިވޭ އަޑަކީ، ފުޓުބޯޅަގަޑުބަޑުގެ ތެރެއަށް ފީފާއާއި އޭއެފްސީން އަނެއްކާވެސް ވަންނަން މަޖުބޫރުވާނެ ކަމަށެވެ. އަދި ވަރަށްއަވަހަށް ފީފާގެ ނިންމުމެއް އަންގާނެކަމަށެވެ. އެހެންނަމަވެސް ފީފާއާއި ވާހަކަ ދައްކައިގެން ހައްލެއް ހޯދާދިނުމަށް ކޮމިޝަނަރު ވަނީ މިހާތަނަށް ފަސްޖެހިފައެވެ!

އެޑިޓަރުގެ ނޯޓް

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ޕޮލީސްބޯޑްގެ މެމްބަރުކަމުގެއިތުރުން، ނޭޝަނަލް ސްކިލްޑިވެލޮޕްމަންޓް އޮތޯރިޓީގެ ސޯޝަލް ސެކްޓަރ ކައުންސިލަގައި، ސްޕޯޓްސް ސައިންސްގެ އިލްމް ތަމްސީލްކޮށްދޭ މެމްބަރެއްވެސް މެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް