ads
މޫސުމީ ބަދަލުތައް ހުއްޓުވުމުގައި ތަރައްގީ ވަމުން އަންނަ ގައުމުތަކުން މުހިންމު ރޯލެއް ކުޅޭ
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް މަގުދައްކައިދީ، އިސް ދައުރެއް އަދާކުރަން ޖެހޭނީ ތަރައްގީވަމުން އަންނަ ގައުމުތައް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ޔުގެންޑާގެ ކަމްޕާލާގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައި ރާއްޖޭގެ ބަޔާން އިއްވަވަމުން ވިދާޅުވީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރަނީ، ވަސީލަތްތައް މަދު، ތަރައްގީވަމުން އަންނަ ގައުމުތަކަށް ކަމަށާއި ރާއްޖެއަކީ އަބަދުވެސް ބައިނަލްއަގްވާމީ ގޮތުން ގުޅިގެން މަސައްކަތް ކުރުން ގަބޫލުކުރާ ގައުމެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ އެންމެ ބޮޑު ބާރަކީ ވެސް އެއްބައިވަންތަކަން ކަމުގައިއެވެ.

ގައުމުތަކުގެ މެދުގައި އެއްބާރުލުން ހަރުދަނާކޮށް، އަލަށް ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކުގެ ނުރައްކަލާ ދެކޮޅަށް މަސައްކަތް ކުރުމަށް ވެސް ނައިބް ރައީސް ގޮވާލެއްވި އެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކާއި ދެމުންގެންދާ ހަމަލާތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި މިއީ ޖެނޮސައިޑް ކޮންވެންޝަނާ ހިލާފު އަމަލުތަކެއްކަން ފާހަގަކުރައްވައި، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން މިގޮތަށް ނިންމައިދިނުމަށް ދެކުނު އެފްރިކާއިން މައްސަލައެއް ހުށަހެޅުމުން އެ ގައުމަށް ތައުރީފު ކުރައްވާކަމަށް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ. 

އިޒްރޭލްގެ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށާއި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ގޮވާލާ ގޮވާލުން އިތުރުކުރަން އެދިވަޑައިގަންނަވާ ކަމަށާއި އދ. އަދި އދ.ގެ ސަލާމަތީ މަޖިލީހަށް އާ ދިރުމެއް ގެނެސް އިސްލާހުކުރުމުގެ މުހިންމުކަން ނައިބް ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް