ads
ވަކި މީހަކަށްވުރެ މުހިއްމީ ދާއިރާގެ މުސްތަގުބަލު: ރާއީ
ވަކި މީހަކަށް ވުރެން ބޮޑަށް މުހިންމީ ދާއިރާގެ މުސްތަގުބަލުކަމަށް މަކުނުދޫ ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.
Advertisement

ރާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ ތެރޭގައި އުފެދިގެން ދިޔަ ހަމަ ނުޖެހުމުގެ އަސްލަކީ އެމްޑީޕީ އާއި އެކު ކޯލިޝަން ހެދި ބައި ހަމަ ނުވާ ކުޑަ ޕާޓީ ކަމަށާއި ނިމިދިޔަ ރިޔާސީ އިންތިޙާބުގައި މި ކުޑަ ޕާޓީގެ ބައެއް މުހިންމު  ބޭފުޅުން ސަރުކާރު ހިމާޔަތްކޮށް އިންތިޙާބު ކާމިޔާބު ކޮށްދިނުމަށް އެދެވޭ މަސައްކަތެއް ކޮށްދީފައި ނުވާކަމަށް އެމްޑީޕީގެ އާއްމު މެމްބަރުންނާއި  ލީޑަރޝިޕުން ގަބޫލުކުރާކަމުގަ އެވެ. 

ރާއީ އިތުރަށް ވިދާޅުވީ ކުރިޔަށް އޮތް އިންތިހާބުތަކުން އެންމެ ބޮޑަށް ފާހަގަ ވެގެން ދާނެކަމަކީ އެމްޑީޕީ ސަރުކާރާށާއި އާންމު މެމްބަރުނަށް ކުރިން ދެންނެވުނު ޕާޓީގެ ބައެއް އިސްވެރިންގެ އިހުލާސްތެރިކަމެއް ނެތްކަމާއި އެ ކުޑަ ޕާޓީއިން އަބަދުވެސް އިސްކަން ދެމުން ދަނީ އަމިއްލަ އެދުމަށް ކަމުގައެވެ.

އެ ކުޑަ ޕާޓީގެ މީހުން ބަލި ކުރުމަށްޓަކާއި ކޮންމެ ޕާޓީ އަކާއި އެކު މަސައްކަތް ކުރުމަކީ ދާއިރާ ސަލާމަތްކުރަން އޮތް މަގުކަމުގައި ވަނީ ނަމަ އެކަން ކުރަން ރާއީ އާއި އެމްޑީޕީގެ އާންމު މެމްބަރުން ތައްޔާރަށް ހުނެނެވިކަމަށް ރާއީ ފާހަގަ ކުރެއްވި އެވެ.  

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އޭރުގެ ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއިން ހެދި ކޯލިސަންގައި ފުރަތަމަ ބުރު ހިނމެނިފައިވަނީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) އެވެ. ނަމަވެސް ދެވަނަ ބުރުގައި އެމްޑީއޭ އިން ވަނީ އޭރުގެ ސަރުކާރަށް އޮތް ތާއީދު އަނބުރާ ގެނެއުމަށް ފަހު ޕީޕީއެމް އަދި ޕީއެންސީ އާއި އެކު ކޯލިޝަން ހަދާފައިއެވެ. 

ރާއީ މިހެން ވިދާޅުވެފައި މި ވަނީ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އަދާލަތު ޕާޓީން ވާދަކުރާނެ ދާއިރާތައް ކަނޑައެޅިއިރު ރާއީ ތަމްސީލުކުރައްވާ މަކުނުދޫ ދާއިރާއަށް އެ ޕާޓީން ވާދަކުރަން ނިންމާފައިވަނިކޮށެވެ. އަދި އެ ޕާޓީގެ ފަރާތުން މަކުނުދޫ ދާއިރާއަށް ވާދަކުރައްވާނީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲކަމަށް އަޑު ވަނީ ފެތުރިފައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް