ads
ތޯރިގް
ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާނަން: ތޯރިގް
ރާއްޖޭގެ ދެކުނުން އޮތް ޗާގޯސް އައިލެންޑްސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ރާއްޖެއާ އެގައުމާ ދެމެދު ކަނޑުގެ ސަރަހައްދު ބައިކުރުުމުން، ރާއްޖެއަށް ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
Advertisement

ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެށުމަށް ގދ. މަޑަވެލީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ގެއްލުވާލާފައިވާ ކަނޑުގެ ސަރަހައްދު މަސްވެރިންނަށް ހޯދައިދޭނެކަމަށެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެހެން ގައުމުތަކުގެ މަސް ބޯޓުތައް ވަދެ ދާ ޖަހައިގެން މަސް ހިފަމުންދާ ކަމަށާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ފުޅާކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅެއް ކަމަށާއި އެމްއެންޑީއެފް މެދުވެރިކޮށް ކަނޑު ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ފުޅާކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމަށެވެ. 

"ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބަލަހައްޓަން ޖެހޭ ސަރަހައްދެއް. މިހާތަނަށް އައިރު އެދެވޭ ގޮތެއްގައި ބެލެހެއްޓިފަ އެއް ނެތް. އެކަމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މަސްވެރިކަން ކުރުމަށް އެހެން ގައުމުތަކުގެ މީހުން ދަނީ ބޭނުން ކުރަމުން،" ތޯރިގް ވިދާޅުވި އެވެ.

ސަރުކާރުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް އޮގަސްޓް 22، 2023 ގައި ފޮނުއްވާފައިވާ ސިޓީގެ ކޮޕީ ވެސް މިހާރު ވަނީ ބަންޑާރަނައިބުގެ އޮފީހާ ހިއްސާފައި ކަމަށާ އެ ސިޓީއާ ގުޅިގެން މޮރިޝަސްގެ ބޮޑުވަޒީރު ފޮނުއްވެވި ޖަވާބުގެ ސިޓީވެސް ބަންޑާރަ ނާއިބުގެ އޮފީހާއި ހިއްސާކޮށްފައިވާ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ރައީސް ސޯލިހް ފޮނުއްވެވި ސިޓީ ވަނީ ސަރުކާރުން މިހާރު ވަނީ އާންމު ކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕަބްލިކް ޕޮލިސީ ސެކްރެޓްރީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ކަނޑުގެ ސަރަހައްދުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅުމުގެ ކުރިން ކުރަން ޖެހޭ ދިރާސާތައް ކުރުމަށް އިނގިރޭސިވިލާތުގެ ކިންގްސް ކައުންސިލަކާއި މޯލްޓާގެ ލޯ އޮފް ދަ ސީގެ ޕްރޮފެސަރަކާ ހަވާލު ކުރެވިފައިވާކަމުގައެވެ.

މޯލްޓާގެ އެކްސްޕާޓުގެ ރިޕޯޓް މިމަހުގެ ތެރޭގައި ކެބިނެޓަށް ހުށަހަޅާ އިރު ޔޫކޭގެ ރިޕޯޓު އަންނަ މަހު ކެބިނެޓަށް ލިބޭނެ ކަމަށާއި އެ މަސައްކަތަށް ސަރުކާރުން ހިނގި ހަރަދުތަކާ ބެހޭ ތަފްސީލްތައް ކުރިޔަށް އޮތްތަނުގައި ހާމަ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް