ads
ގއ. ކޮނޑޭ
އާންމުނަށް އުނދަގޫވާގޮތަށް ކުށްކުރާނަމަ އެ މައުލޫމަތު ކޮނޑޭ ކައުންސިލުން އާންމުކުރަނީ
ކޮނޑޭ ކައުންސިލުން އާންމުނަށް އުނދަގޫވާގޮތަށް ކަންކަން ކުރާ މީހުންގެ މައުލޫމާތު އާންމުކުރަން ނިންމައިފި އެވެ.
Advertisement

ކޮނޑޭ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އާމިރު ސައީދު "ސީއެންއެމް" އަށް މިއަދު ވިދާޅުވީ އެ ކައުންސިލުން އާންމު ކުރި އުސޫލަކީ ކައުންސިލުން މަގުމަތި ކުނި ކެހުމާއި ފުރާޅުން އަންނަ ފެން ހިންދުމާއި އާންމު ތަންތަނަށް ކުނި ނޭޅުން ފަދަ ކަންކަމާ ގުޅޭ ގޮތުން ހަދާފައިވާ ގަވާއިދުތަކަށް އަމަލު ނުކުރާ ނަމަ އަޅާނެ ފިޔަވަޅުތައް ކަމަށާއި އެ އުސޫލު އާންމުކުރީ ފިޔަވަޅު އަޅާނެ ތަރުތީބެއް އާންމުންނަށް އެނގިފައި އޮތުން މުހިންމު ކަމަށް ފެންނާތީ ކަމުގައި އެވެ. 

އާމިރު ވިދާޅުވީ މީހަކަށް ދޫކޮށްފައިވާ ގޯއްޗެއް ސާފުނުކޮށް ނުވަތަ ގޭގެ ދޮރުމަތި ސާފު ނުކޮށް ހުރުމުން ނޯޓިސް ފޮނުވާ, ޖޫރިމަނާ ކުރުމުން ވެސް އެކަން އިސްލާހު ނުކޮށްފި ނަމަ އެ ގެއެއްގެ ފޮޓޯ ނަގާ މީހާގެ މައުލޫމާތާއެކު އާންމު ކުރާނެ ކަމަށާއި އެއީ ކުށެއް ކަން އަންގާ އިއުލާނު ކުރުމުގެ ބޭނުމަކީ ކަންކަން އިސްލާހު ކުރުމަށް ބާރު އެޅުން ކަމަށް އޭނާ ވިދާޅުވިއެވެ. 

އާމިރު އިތުރަށް ވިދާޅުވީ އެލްޖީއޭއާއި މިކަމާއި ގުޅިގެން މިހާތަނަށް މަޝްވަރާ ނުކުރާކަމަށެވެ. އަދި މީގެ ކުރިންވެސް މިފަދަ ކައުންސިލްގެ ނިންމުންތައް ނިންމުމުގެ ކުރިން އެލްޖީއޭ އާއި މަޝްވަރާކޮށްފައި ނުވާކަމަށެވެ. 

މިކަމާއި ގުޅިގެން އެލްޖީއޭގެ ބަހެއް ހޯދަން ގުޅާލުމުން ވިދާޅުވީ މި ވަގުތު "ބިޒީ" ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް