ހުކުރު ދުވަހު ހިނގި މި ހާދިސާގައި އަލިފާން ހިފައިގެން ޖައްސަންޖެހުނީ ބޮއިން މަރުކާގެ ކާގޯ ފްލައިޓެއްގައެވެ.
ފްލައިޓުގައި އަލިފާން ހިފުމުން އަނބުރާ ޖެއްސުމުގެ ކުރިން އެތައް ބަޔަކަށް ވަނީ އަލިފާ ހިފާފައި ހުރި ފްލައިޓު އުދުހެމުންދާ މަންޒަރުވެއް ފެނިފައެވެ.
އެޓްލަސް އިން އޮޕަރޭޓްކުރާ މި ފްލައިޓުގައި އަލިފާން ހިފީ އިންޖީނު ފެއިލްވެގެންނެވެ.
ޕުއެރްޓޯ ރީކޯ އަށް އުދުހެމުން ދިޔަ ފްލައިޓުގެ އިންޖީނު ފެއިލްވެ ހުޅު ހިފުމުގެ ސަބަބުން ވަނީ އެމަޖަންސީގައި މިއާމީ އެއާޕޯޓަށް ޖައްސާފައެވެ.
މި ހާދިސާގައި އެއްބެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް މަންޒަރު ދުށް އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި މުޅި ސޯޝަލް މީޑިއާގައި މި ފްލައިޓުގެ މަންޒަރުތައް އަންނަނީ ދައުރުވަމުންނެވެ.