ads
ވަކި ކަމެއްގައި ދިވެހިން ނުފެންނަނީ ކީއްވެ..؟!
ދިވެހި ރާއްޖޭގައި ހިންގަމުން އަންނަ ބައެއް ވިޔަފާރިތަކުގައި ދިވެހިން ނުފެންނަނީ ކީއްވެގެންތޯ މިއީ އަބަދުވެސް ހިތުގައި އުފެދޭ ސުވާލެކެވެ.
Advertisement

ބައެއް ވިޔާފާރިތަކަށް ބަލާލާ އިރު ފެންނާނީ މިކަންކަމުގައި ގިނައިން ބިދޭސީން އުޅޭތަނެވެ. އެގޮތުން ބޯ ކޮށާ ތަންތަން، ހެދުން ފެހުން، ތަންތަން ފޮޅާ ސާފު ކުރުން، ކަންމަތީ ފިހާރަތައް އަދި ހޮޓާތަކުގައި ވަޒީފާ އަދާ ކުރާ ދިވެހިން ފެންނަނީ ހާލަކުން ފަހަރެކޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. 

ދެން ބަލާލަން ޖެހޭ ކަމަކީ މި ވަޒީފާތަކުގައި ދިވެހިން ފެންނަ ނިސްބަތް މިހާ މަދުވާން ޖެހެނީ ކީއްވެގެންތޯ އެވެ. ގަބޫލުކުރަން ޖެހޭ ކަމަކީ މިކަހަލަ ކަންކަމަކީ ދިވެހިން ގަބޫލުކުރާ ގޮތުގައި ވަރަށް ދަށްފެންވަރުގެ ކަންކަމެވެ. އަދި މި ކަންކަމަކީ ވަރަށް ބުރަ ބޮޑުކަންކަމަށް ވުމުން ދިވެހިން މިކަހަލަ ކަންކަމަށް ނިކުތުންވެގެން ދާނީ ވަރަށްވެސް ނާދިރު ކަމަކަށެވެ. 

ހަގީގަތަކީ އެއްވެސް މަސައްކަތަކީ ދަށް ފެންވަރުގެ މަސައްކަތެއް ނޫންކަމެވެ. މަސައްކަތްކޮށްގެން ހަލާލު ގޮތުގައި ލާރި ހޯދޭނަމަ އެއީ ހަމަ އެންމެ ރަނގަޅު އަދި ފައިދާ ހުރި މަސައްކަތްކަމެވެ.

ވިޔަފާރި މަސައްކަތުގައި ބިދޭސީން ގެންގުޅުމުން އަންނަ ދިވެހި މީހަކު ބުނީ ދިވެހިންނަށް ވުރެން ބިދޭސީންނަށް އިސްކަން ދެވޭ ސަބަބަކީ އެ މީހުން އެއްވެސް ސަކުވާއެއް ނުކޮށް ބުނާކަމެއް ކޮށްލުމެވެ. 

"ދިވެއްސަކާ ކަމެއް ހަވާލުކޮށްފިނަމަ ބޭނުންވަނީ ވަރަށް ބޮޑު އުޖޫރައެއް އަދި އެހާ ސަކުވާވެސް ގިނަ ވާނެ" ބިދޭސީން ގެންގުޅޭ ސަބަބާއި ގުޅޭގޮތުން އޭނާ ބުންޏެވެ.

މިހާރު ދިވެހިންގެ "ޓްރެންޑަ" އަކީ އެއްގޮތަކަށްވެސް އަމިއްލަ މަސައްކަތުން ބުރަ މަސައްކަތް ކުރަން ބޭނުން ނުވާ "އީޒީ" ފައިސާ ބޭނުންވާ ބަޔެކެވެ. އެއީ ހަމަ ހިތާމަ ހުރި ކަމެކެވެ. ގިނަ މީހުން ބޭނުން ވަނީ ފިނި ކޮޓަރީގެ އަރާމު ގޮނޑީގައި އިށީންދެގެން ކުރެވޭނެ މަސައްކަތެއް ކުރުމަށެވެ. އަދި އާމްދަނީ ހޯދުން އެއީ ފޯނު ކޯލަކުން ނިމޭށެވެ. މީހެއްގެ ބެލުމުގެ ދަށުގައި ހުރެގެން ދާ ހޮރުވައިގެން ކުރަން ޖެހޭ ކޮންމެ މަސައްކަތަކީ ދިވެހިންގެ ވިސްނުމުގައި ވަރަށް "ކަޓު" އަދި ދަށް މަސައްކަތެކެވެ. 

ދެން ދިވެހިންގެ ގިނަ މީހުން އިންތިހާއަށް ބޮޑެތި ފައިދާ އެއް ފަހަރުން ވާން ބޭނުންވާ އިރު މި ކަަހަލަ ވިޔާފާރިތަކަކީ ބޮޑެތި ފައިދާ އެއްފަހަރުން ވާ ކަންތައްތަކެއް ނޫން ކަން ގަބޫލު ކުރަން ޖެހެ އެވެ.

ބައެއް ފަހަރު މިކަހަލަ ވިޔަފާރިތައް އެއްފަހަރުން ކުރި އަރައިގެންދާ އިރު އަނެއްބައި ފަހަރަ މި ކަހަލަ ވިޔަފާރިތަކަށް ފައިދާ ލިބެން ހަތަރު ފަސް މަސް ވެއެވެ. ކުޑަ ބޯކޮށާ ތަނަކަށް ވަދެ ލިޔަސް އެކަން ފާހަގަ ވެގެން ދާނެ އެވެ. 

ވަރަށް ދުވަސް ވަންދެން ވިޔަފާރީގައި އުޅުން މީހަކު ބުނީ ބިދޭސީން ފައިސާ ރަށުން އެތެރެކޮށްގެން ނަމަވެސް އެމީހުން ފައިސާ އަށް ދަތިނުވެ އުޅޭ ކަމަށެވެ. އަދި އެޑްވާންސް ޕޭމެންޓްތަކާއި ތަނުގެ މަރާމާތު އަމިއްލަ އަށް ހަވާލުވާން ވެސް ބިދޭސީން ތައްޔާރެެވެ. 

މީގެ ނަތީޖާ އަކީ މިހާރު ގިނަ ދިވެހިން ބޯކޮށާތަނާއި ފަހާތަން އަދި ކުދި ސައި ހޮޓާތައް މި ހިންގަނީ "ކުޑަ އެއްޗެއް" ދިވެހި މީހާއަށް ލިބޭގޮތަށް ބިދޭސީން ކުރިއަށް ނެރެއެވެ.

"ކައިރި ކައިރީގައި 3-4 ފިހާރަ ހަދާފައި މިހުންނަނީ ދެން ކޮން ފައިދާއެއް ވާނީ. މިތާ ކައިރީގައި ހުޅުވާފަ ހުރި ކިތަންމެ ފިހާރެއް ބަންދުކޮށްފަ ހުރީ ހަމަ ފައިދާއެއް ނުވެޔޭ ކިޔާފަ. އެކަމު ބިދޭސީން އެބަ ވިޔަފާރި ކުރޭ ކުޑަ ފައިދާއެއް ވިޔަސް." ކުޑަ ވިޔަފާރި އެއް މާލޭ ސަރަހައްދުގައި ކުރިން އޮޕަރޭޓް ކުރި މީހަކު ބުންޏެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ވަރަށް ބޮޑަށް ދިވެހިންނަށް ކުރެވިދާނެ ކަންކަމެވެ. ނަމަވެސް ދިވެހިންގެ ދިރިއުޅުމުގެ އާދަ ކާދަ އަށް ބިދޭސީން ފާރަވެރިވެ ރާއްޖޭގެ ކުދި އަދި ވިޔަފާރިގެ ތެރެއަށް އެމީހުން ވަދެ މާލީ ގޮތުން ބިދޭސީން ހަމަޖެހި އެލަނީ ފަސްޖެހުމެއް ނެތި އެވެ. ދިވެހިންގެ ބައިވެރިވުން ވެސް އޮވެމެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް