އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު، ޕްރީ ސީޒަން ފްރެންޑްލީ މެޗެއްގައި އިންޓަ މިޔާމީ މިއަދު، ލަނޑެއް ނުޖެހި އެއްވަރުވީ ް އެލް ސަލްވާޑޯއާ ދެކޮޅަށް ކުޅެއެވެ. މިއީ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެކުލަބާ ގުޅުނު ފަހުން، މިއާމީން ކުޅުނު ފުރަތަމަ މެޗެވެ.
މި މެޗުގައި މެސީ އަދި ސުއަރޭޒް ވެސް ފުރަތަމަ 11 ގައި ހިމެނުނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފަށް ފަހު ދެ ކުޅުންތެރިން ވެސް ވަނީ ބަދަލުކޮށްފަ އެވެ.
މެސީ ޓީމުގެ ޕްރީ ސީޒަން ދެވަނަ މެޗުގައި މިއާމީން ނިކުންނާނީ އެފްސީ ޑަލާސްއާ ދެކޮޅަށެވެ. އޭގެ ފަހުން މިއާމީ ދެން ކުޅޭނީ ސައުދީ އަރަބިޔާގެ މެޗުތަކެވެ. އެ މެޗުތަކުގައި އެ ޓީމު ނިކުންނާނީ އަލް ޙިލާލް އަދި އަލް ނަސްރާ ދެކޮޅަށެވެ.