ads
ހަދިޔާ
މިދިޔަ މަހު އުފަންވި 205 ކުދިންނަށް އެސްޓީއޯއިން ހަދިޔާ ދީފި
މިދިޔަ މަހު އުފަންވި 205 ކުއްޖަކަށް އެސްޓިއޯއިން ފަހުރުވެރި އާއިލާ ގެ ނަމުގައި ގިފްޓް ބޮކްސް ދީފި އެވެ.

އެސްޓިއޯ އިން ހާމަކޮށްފައިވާ ގޮތުގައި މި 205 ކުއްޖަކަށް މި ހަދިޔާ ދީފައިވާއިރު އޭގެ ތެރެއިން ގިނައީ އަންހެން ކުދިންނެވެ. އެއީ 109 އަންހެން ކުދިންނާއި 96 ފިރިހެން ކުދިންނެވެ.

އެސްޓިއޯގެ ފަހުރުވެރި އާއިލާ ގިފްޓް ބޮކްސްގައި އަލަށް އުފަންވާ ދަރިފުޅުގެ އިތުރުން މައިމީހާ އަށް ބޭނުންވާ އެކިއެކި ސާމާނު ހިމެނެއެވެ. އެ ގޮތުން އެ ގިފްޓް ބޮކްސް ގައި ހިމެނެނީ ޕިއުރިޓީ ބްރޭންޑުގެ ރީތިވާ ސާމާނެވެ. ޕިއުރިޓީ ބްރޭންޑަކީ އެސްޓިއޯ އިން އެތެރެ ކުރާ ތުއްތު ކުދިންނަށް ހާއްސަ ބްރޭންޑެކެވެ. އަދި ހަމަ އެހެންމެ މައިންބަފައިންނަށް ޚާއްސަ އަތްމަތީ ފޮތެއްވެސް މި ގިފްޓް ބޮކްސްގައި ހިމެނެ އެވެ. 

އެސްޓިއޯއިން ހުސްވި އަހަރުގެ ނޮވެންބަރު މަހުގައިވެސް މި ހަދިޔާފޮށި ދީފައިވެ އެވެ. އެ ގޮތުން ނޮވެންބަރު މަހުގައި މި ހަދިޔާ ދީފައިވަނީ 209 ކުއްޖަކަށެވެ. އެއީ 112 އަންހެން ކުދިންނާއި 92 ކުއްޖަކަށެވެ.

އެސްޓިއޯގެ މި ހަދިޔާ ފޮށި ހުސްވި އަހަރުގެ ހުރިހާ މަހެއްގައިވެސް ދީފައިވެއެވެ. އެއާ އެކު މިހާތަނަށް ހުސްވި ޑިސެންބަރު މަހާއިއެކު 2429 ކުއްޖަކަށް މި ހަދިޔާ ފޮށި ދީފައިވެ އެވެ. 

އެސްޓިއޯ އިން ހާމަ ކުރާ ގޮތުގައި އެސްޓިއޯގެ އަމާޒަކީ މި ކެންޕެއިން ފުޅާކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް