ads
ރައީސްގެ ނިންމެވުންތަކުގެ ހެޔޮ ބަދަލު އަންނަތަން ފެނޭ: އާދަމް ޝަރީފް
ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގައި ރައީސް ގެ ނިންމެވުންތަކުގެ ހެޔޮ ބަދަލުތައް އަންނަތަން ފެނިވަޑައިގަންނަ ކަމުގައި ލޯކަލް ގަަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު މިފަދައިން ވިދާޅުވެފައިވަނީ ބަލި މީހުން ކުއްލި ފަރުވާ އަށް ގެނައުމުގެ ނިޒާމު އިސްލާހު ކުރުމާއި ބެހޭ ގޮތުން މީޑިޔާ އަކުން ރިޕޯޓު ކޮށްފައިވާ ހަބަރެއް ޝެއާ ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓްއެއްގަ އެވެ.

މި ޕޯސްޓްގައި އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވަނީ ރައްޔިތުންނާއި ގުޅުން ހުންނަ ކަންކަމުގައި ރައީސް ޑރ. މުއިއްޒު ނިންމަވާ ހަރުދަނާ ނިންމެވުންތަކާއި ނަންގަވާ ސްވިފްޓް އެކްޝަން ތަކުގެ ސަބަބުން ހެޔޮ ބަދަލުތައް އަންނަމުންދާތަން ފެންނަކަމެއްކަމަށާއި އަދި މި ޕޯސްޓްގައި ރައީސް އަށް ޝުކުރު އަދާކޮށްފައިވެ އެވެ.

އާދަމް ޝަރީފް ޝެއާ ކޮށްފައިވާ ހަބަރަކީ ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވުމުގެ ސަބަބުން ކުއްޖަކު ނިޔާވުމާއި ގުޅިގެން ރައީސް ޑރ. މުއިއްޒު ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި އަމަލުކުރަމުން އަންނަ ނިޒާމު އިސްލާހުކުރުމަށް ސަރުކާރުގެ ހުރިހާ އިދާރާތަކަށް އެންގެވި ހަބަރެވެ.

މި ކުއްޖާ ނިޔާވުމާއި ގުޅިގެން އާސަންދައިން ބުނެފައިވަނީ މި ކުއްޖާ މާލެ ގެންދިޔުމުގައި ލަސްވީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ. 

ކުއްޖާ މާލޭގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމަށް މިއަދު 12:00 އަށް ފެށުމަށް ވަނީ ތާވަލްކޮށްފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް