ads
ވިލިނގިލީ ކުއްޖާ ނިޔާވި ކުއްޖާގެ މައްސަލަ މަޖިލީހުގެ ޖެންޑާ ކޮމިޓީން ބަލަނީ
ގއ. ވިލިނގިލިން މާލެ ގެނެސް ފަރުވާދެނިކޮށް ނިޔާވި ކުއްޖާގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާ އެކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ނިންމައިފި އެވެ.

މިއަދު މެންދުރު 12 ޖަހާ އިރު ބާއްވާން ހަމަޖެހިފައިވާ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި މާލެ ގެނެއުން ލަސްވެގެން ގއ.ވިލިނގިލީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ކުޑަ ކުއްޖަކު ނިޔާވުމުން އެކަމާއި ގުޅިގެން މަޝްވަރާ ކުރަން ވަނީ ނިންމާފައި އެވެ. 

މިދިޔަ ބުރާސްފަތި ދުވަހު ބަލިހާލު ބޮޑުވެގެން ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުއްޖާ އިއްޔެ ހެނދުނު ވަނީ ނިޔާވެފައި އެވެ.

‏ނިޔާވީ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި، އެ ކުއްޖާ ނިޔާވީ އިއްޔެ ހެނދުނު 11:10 ހާއިރު ކަމަށް އައިޖީއެމްއެޗުން ވަނީ "ސީއެންއެމް" އަށް ކަށަވަރު ކޮށްދީފައިވެ އެވެ. 

އެނގިފައިވާ ގޮތުގައި އެ ކުއްޖާ މާލެ ގެނައީ ސްޓްރޯކެއް ޖެހިގެންނެވެ. ބުދަ ދުވަހުގެ ރޭ ހާލުދެރަ ވެގެން ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އެ ކުއްޖާ މާލެ ގެނެވުނީ ބުރާސްފަތި ދުވަހުގެ ހަވީރު ކަމަށް މައުލޫމާތު ލިބެއެވެ.

އެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވުން ލަސްވުމާ ގުޅިގެން، ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން ވިލިނގިލީ ރައްޔިތުން ވަނީ އެރަށުގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލް ކައިރިއަށް އެއްވެ މުޒާހަރާ ވެސް ކޮށްފަ އެވެ.

މި މައްސަލައާއި ގުޅިގެން އެ ކުއްޖާ ފުރުވާލުމަށް ހޮސްޕިޓަލުން ކުރަން ޖެހޭ ކަންކަން ކުރި ކަމަށާއި، އޭރު އެކަން ލަސްވަމުން ދިޔައީ ފްލައިޓް އައުން ލަސްވެގެން ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް