ads
ކުރީގެ ނައިބު ރައީީސް ފައިސަލް ޖޭޕީން ވަކިވެވަޑައިގެންފި
ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގެންފި އެވެ.

ފައިސަލް ޖޭޕީން ވަކިވެވަޑައިގެންނެވިކަން އެ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވަނީ "ސީއެންއެމް" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. ނަމަވެސް ޕާޓީން ވަކިވެވަޑައިގަތުމަށް ސިޓީފުޅެއް ފޮނުއްވި ކަމުގެ އިތުރަށް އެކަމާގުޅޭ އެއްވެސް މައުލޫމާތެއް މިވަގުތު ހިއްސާ ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމަނިކުފާނު ސިޔާސީ ހަޔާތް ފެއްޓެވީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީންނެވެ. ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަތީ މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު، 2005 ގަ އެވެ. ނަމަވެސް 2008 ގެ ފަހުކޮޅު ޖޭޕީއާ ގުޅިވަޑައިގަތެވެ.

ފައިސަލް ޖޭޕީން ވަކިވެވަޑައިގެންފައި މިވަނީ 16 އަހަރަށް ފަހުގައެވެ. އެމަނިކުފާނު އެ ޕާޓީން ވަކިވެވަޑައިގެންނެވި ސީދާ ސަބަބެއް އަދި ސާފެއްނުވެ އެވެ.

ފައިސަލަކީ އާ ގާނޫނު އަސާސީގެ ދަށުން ވެރިކަމުގެ ދައުރެއް ފުރިހަމަ ކުރެއްވާފައިވާ ހަމައެކަނި ނައިބު ރައީސެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް ވާދަކުރެއްވިއިރު ނައިބު ރައީސް ފައިސަލްގެ ބަދަލުގައި ރަނިން މޭޓަކަށް ނެންގެވީ މިހާރުގެ މަޖިލިސް ރައީސް މުހައްމަދު އަސްލަމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް