މި ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ދޭން ގެނައި ޓެސްލާ މޮޑެލް 3ގެ ހުދު ކުލައިގެ ކާރު ރާއްޖެ ގެނެސް މިއަދު ވަނީ ދިރާގު ހެޑް އޮފީހަށް ގެންގޮސްފަ އެވެ.
ދިރާގުގެ ޓެސްލާ ލިބޭ މި ޕްރޮމޯޝަންގައި ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.
މިއީ ޕޯސްޓްޕެއިޑް 450 އަދި ފައިބަ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ޕްރޮމޯޝަނެކެވެ. ދިރާގު ވެބްސައިޓުގައި ހިމެނޭ "ވިން އަ ޓެސްލާ" ލިންކުން އެންރޯލް ކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުން އޮންނާނީ އަންނަ ޖޫން މަހުގަ އެވެ.